Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

މިރޭވެސް މޫސުން ގޯސްވާނެ: މެޓް

މިރޭވެސް މޫސުން ގޯސްވާނެ ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޤައުމީ މޫސުމާބެހޭ އިދާރާ(މެޓް)އިން އިލްތިމާސްކުރެއެވެ.

މެޓުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން އެހެން ހިސާބުތަކަސް އިރު އުތުރާއި އިރުން ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުތަކުގެ އުސްމިން ހުންނާނީ 6 ފޫޓާއި 3 ފޫޓާއި ދެމެދުގައި ކަމަށާއި ބައެއް ރަށްތަކަށް އުދަ އަރާފާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ނެރުނު ނޯޓިސްގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފާއިތުވީ 2 ދުވަހު ވަނީ އުތުރާއި މެދުރާއްޖެތެރެއަށް ގިނަ އަދަދަކަށް ވާރޭ ވެހި ފެންބޮޑުވެފައެވެ.

މި ލިއުމާއި ގުޅޭ