Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރޭޕް

އިންޑިޔާގައި ހަ އަހަރުގެ ކުއްޖަކު ރޭޕްކޮށްފި

އިންޑިޔާގައި 6 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި 30 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ފުލުހުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އަމަރް ޕްރަތާޕް (30) އެވެ. މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހު އެ ކުއްޖާ ދިރިއުޅޭ ގޭގެ ބޭރުގައި ކުޅެން ހުއްޓައެވެ.

ޕްރަތާޕްގެ މައްޗަށް ތުހުމަތުކުރަނީ އެ ކުއްޖާ ގޮވައިގެން އޭނާގެ ގެންގޮސް ރޭޕްކުރި ކަމަށެވެ.

އެޑިޝަނަލް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (އޭއެސްޕީ) ނަމްރަތާ ސްރީވާސްތަވާ ވިދާޅުވި ގޮތުގައި، ހާދިސާއަށްފަހު އެ ކުއްޖާ ގެއަށް އައިސް ކުައްޖާގެ އާއިލާއަށް މިކަން އަންގައި، އާއިލާއިން ފުލުހުންނަށް މި މައްސަލަ ރިޕޯޓުކުރީއެވެ.

"އާއިލާގެ ޝަކުވާގެ މައްޗަށް ބިނާކޮށް މައްސަލައެއް ރަޖިސްޓްރީކޮށް ޕްރަތާޕް ވަނީ ހައްޔަރުކޮށްފައި. މި ވަގުތު އިތުރަށް ތަޙްޤީޤު ކުރިއަށްދަނީ،" އޭއެސްޕީ ސްރީވާސްތަވާ ވިދާޅުވިއެވެ.

ހަ އަހަރުގެ ކުއްޖަކު ރޭޕްކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ރޭޕްކުރުމާއި މީހުން މެރުން ރެކޯޑް ކުރެވިފައިވާ އެއް ގައުމެވެ.

މި ލިއުމާއި ގުޅޭ