ކޮންމެ ތިން ދުވަހަކުން އަގުހުރި ސައިކަލެއް ހޯދުމުގެ ފުރުސަތު ލިބޭ ގޮތަށް އުރީދޫ މޯލްޑިވްސް އިން ފެށި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ފަހު ދުވަހަކީ މާދަމާކަމަށް އުރީދޫއިން ބުނެފިއެވެ.
އުރީދޫއިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ކަސްޓަމަރުންނަށް މަހުން މަހަށް ދެމުން އައި ޕީސީއެކްސް 160 އަދި މުޅި ޕްރޮމޯޝަނުގެ މައި އިނާމުގެ ގޮތުގައި ހަމަޖެހިފައިވާ 2024 ރެބެލް 300 (ބްލެކް) ކާމިޔާބު ކުރުމުގެ ފަހު ފުރުސަތު މާދަމާ ހަމަވާނެކަމަށެވެ.
އުރީދޫގެ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހާއްސަ މި ޕްރޮމޯޝަނުގައި އަލަށް އެ ޚިދުމަތާއި ގުޅޭ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭއިރު ކަސްޓަރުންނަށް ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫގެ ހިދުމަތެއް ހޯދުމަށް 400 ރުފިޔާ ހަރަދުކޮށްގެންނެވެ.
މިހާރުގެ ކަސްޓަމަރުންނަށް ވެސް ޕްރިޕެއިޑް ރީޗާޖު ކުރުމުން، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ބިލު ދެއްކުމުން، ނުވަތަ ޑޭޓާ ޕެކޭޖެއް އެކްޓިވޭޓް ކުރުމުން މި ޕްރޮމޯޝަނުގައި އޮޓޮމެޓިކުން ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން 30 ސައިކަލު ދޫކުރާއިރު އުރީދޫއިން ބުނީ އިތުރަށް ޚަރަދުކުރާ ވަރަކަށް ސައިކަލު ހޯދުމުގެ ފުރުސަތު ބޮޑަށް ފަހިވާނެކަމަށެވެ.
މިހާރު ހުރި ޕޯސްޓްޕެއިޑް، ސުޕަނެޓް، ފަސޭހަ ނުވަތަ 5ޖީ ކަސްޓަމަރުން މި ޕްރޮމޯޝަނަށް ޝަރުތު ހަމަވުމަށްޓަކައި ފާއިތުވި 30 ދުވަހުގެ ތެރޭގައި 250 ރުފިޔާ ނުވަތަ އެޑް-އޮންތަކަށް އެއާ އެއްވަރުގެ ޚަރަދެއްކުރަން ޖެހޭނެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ތިން ދުވަހަކުން ސައިކަލެއް ދޫކުރަން ހަމަޖެހިފައިވާއިރު އުރީދޫއިން ބުނީ ނަސީބުވެރިންނަށް ސީދާ ފޯނާއި އެސްއެމްއެސް މެދުވެރިކޮށް ގުޅާނެ ކަމަށާއި އަދި ނަސީބުވެރިންގެ ނަންތައް އެ ކުންފުނީގެ ރަސްމީ ޗެނަލްތަކުގައި ޕޯސްޓް ވެސް ކުރާނެކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އުރީދޫއިން ބުނީ މި ޕްރޮމޯޝަނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމަޢުތަކަށް ހަލުވި ސްޕީޑާއި ދަށް ލެޓެންސީއެއް ފޯރުކޮށްދޭ 5ޖީ ޓެކްނޮލޮޖީ ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.