Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަން

އާޓިފިޝަލް ބީޗު ސަރަހައްދުގެ ސްޓޯމް ވޯޓާ ނެޓްވޯކް އަޕްގްރޭޑްކޮށްފި

އާޓިފިޝަލް ބީޗު ސަރަހައްދުގެ ސްޓޯމް ވޯޓާ ނެޓްވޯކް އަޕްގްރޭޑްކޮށް ނިމިފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފިއެވެ.

އެ ކޯޕަރޭޝަނުން ބުނިގޮތުގައި މި މަސައްކަތަކީ މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

އާރްޑީސީއިން ބުނީ މަޖީދީމަގާއި ބޮޑުތަކުރުފާނު މަގު އިރުމަތީ ކޮޅު، އާޓިފިޝަލް ބީޗް ސަރަހައްދުގެ ސްޓޯމް ވޯޓާ ނެޓްވޯކް އަޕްގްރޭޑްކޮށް ކަނެކްޝަންތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެ ސަރަހައްދުގެ ސްޓޯމް ވޯޓާ ނެޓްވޯކްގެ މަސައްކަތް އާރްޑީސީން ނިންމާލާފައިވާއިރު މާލެ ސިޓީގެ މަގުތަކުގެ ހާލަތު ދެނެގަނެ މަޖީދީ މަގުގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިހާރު އަންނަނީ ކުރަމުންނެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައިވާގޮތުން މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބްލޮކްތަކަށް ބަހާލައިގެން ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދާތީ 28 ޑިސެމްބަރު 2024 އިން ފެށިގެން 04 ޖަނަވަރީ 2025 ގެ ނިޔަލަށް މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯއަށް ވަނީ ބަދަލުގެނެވިފައެވެ.

ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައި ވާއިރު ނިކަގަސްމަގާއި ދަބުރުއްމަގާއި ދެމެދު ވަނީ ދުއްވާތަކެއްޗަށް އެއްވެސް ގޮތަކަކަށް ނުވަދެވޭނެހެން ބަންދު ކޮށްފައެވެ.

ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން މަޖީދީމަގުގެ މަސައްކަތް ސިޓީ ކައުންސިލުން ފެށިއިރު މާލޭ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ބޮޑު މަޝްރޫއެއް ޗައިނާ ސަރުކާރުގެ އެހީގައި ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެކަމާއި ގުޅޭ ދިރާސާއެއް މިހާރު ކޮށްފައި ވާއިރު މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މި ލިއުމާއި ގުޅޭ