Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިން

މަސްވެރިންނަށް 981 މިލިޔަން ރުފިޔާ ދޫކޮށްފި

މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު މިހާތަނަށް މަސްވެރިންނަށް 981 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ)އިން ބުނެފިއެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މަސް ދޯނިތަކުން ކިރުވާފައިވާ މަހަށް އޮޑިވެރިންނަށް ދޭންޖެހޭ 230 މިލިޔަނަށްވުރެ ގިނަ ރުފިޔާ އޮތެވެ.
ނަމަވެސް ސަރުކާރުން އެ ފައިސާ ދީ ހަލާސްކޮށް ބެކްލޮކް އެއްކޮށް ފިލުވާލާފައިވާއިރު މިހާރު ކިރުވާ މަހަށް 48 ގަޑިއިރުގެ ކުރިން ދަނީ އޮޑިވެރިންނަށް ފައިސާ ދޫކުރަމުންނެވެ.

މިފްކޯއިން ބުނިގޮތުގައި މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު 17 ނޮވެމްބަރ 2023 އިން 28 ޑިސެމްބަރ 2024 ގެ ނިޔަލަށް މިފްކޯއަށް 55،925 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އަދި ކިރުވާފައިވާ މަހަށް 981،126،385 ރުފިޔާ މަސްވެރިންނަށް ވަނި ދީފައެވެ.

މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގައި ބޭންކް އޮފް މޯލްޑިވްސްއާއި، މާލީ ވުޒާރާއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ.

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް ވަނީ މި ވަޢުދު ފުއްދެވުމަށްޓަކައި މިފްކޯގެ ހިންގުން ހަރުދަނާ ކުރައްވައި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީއެންމެ އަވަހަކަށް ޖަމާކުރުމަށް ބޮޑު އިސްކަމެއް ދެއްވާފައެވެ.

މި ލިއުމާއި ގުޅޭ