Saturday 16th Jan 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ގެސްޓުންގެ "ޕްރައިވެސީ" ރައްކާތެރިކޮށްދޭކަމުގެ ޔަގީންކަން އަރުވަން: މާގިރި

މާގިރި ހޮޓެލްއިން އެތަނަށް ދާ ގެސްޓުންގެ ޕްރައިވެސީ ރައްކާތެރިކޮށްދޭ ކަމުގެ ޔަގީންކަން އެ ހޮޓަލުން އާއްމުންނަށް ދީފިއެވެ.

މިރޭ މާގިރިން ކުރި ޓުވީޓުަގައި ބުނެފައިވަނީ އެތަނަށް ދާ މީހުންގެ ޕްރައިވެސީ ރައްކާތެރިކޮށްދޭ ކަމަށާއި އެގޮތުން ހޮޓަލުގެ ސީ.ސީ.ޓީ.ވީ ކެމެރާ ފޫޓޭޖުގެ ރިކޯޑިން އެއްވެސް ފަރާތަކަށް އަދި މީޑިއާ އަކަށް ދީފައި ނުވާކަމަށެވެ.

ތަނުގެ ކޮޓަރިތައް ނަގައިގެން އުޅޭ މީހުންގެ ބައެއް ސިއްރުތައް ފަޅާއަރާ ފަދަ CCTV ފޫޓޭޖު އެއްވެސް ބަޔަކަށް ހިއްސާ ނުކުރާކަމުގެ ޔަގީންކަން އަރުވަމުން އެ ޓުވީޓުގައި ބުނެފައިވަނީ އެނޫން ގޮތަކަށް މައުލޫމާތު ދޭ ބަޔަކު އެދެނީ ތެދު ނޫން މައުލޫމާތު ކަމަށެވެެ. އަދި ހޮޓަލާއި ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާ ބަޔަކާއި އަދި މީޑިއާ ތަކަކާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާން ވިސްނާ ކަމަށްވެސް ބުނެފައިވެއެވެ.

މި ޓުވީޓު މާގިރު ހޮޓަލުން ކޮށްފައިވަނީ ދިޔަރެސް ނޫހުން މާގިރި ހޮޓެލްގައި ތިބި ޓޫރިޒަމް މިނިސްޓްރީގެ ވަފުދަކުން އުޅުނު އުޅުމާއި، ކުޅުނު ކުޅިވަރާއި، ދޭދޭ ފަރާތްތަކުގެ ދެމެދުގައި އޮތް ގުޅުމުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް ލިޔުނު ދުވަހު ފަހުދުވަހުގައިއެވެ. އެ ރިޕޯޓު ބިނާ ކޮށްފައިވަނީ CCTV ފޫޓޭޖުން ފެންނަ މަންޒަރު ތަކަކަށް ރިއާޢަތް ކޮށްފައެވެ.

މި ރިޕޯޓަށް ފަހު އާއްމުންގެ ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން ޓޫރިޒަމް މިނިސްޓްރީގެ ވަފްދަށް ވަނީ އަމާޒުވެފައިއެވެ. ހާއްސަ ކޯވިޑުގެ ދަތި އުދަގޫ ގައުމާއި ރައްޔިތުން ތަހައްމަލް ކުރަމުން ދިޔަ ވަގުތެއްގައި ބޮޑު ހަރަދުކޮށް ގިނަ ތަރިތަކުގެ ހޮޓަލެއްގެ ބުރިބުރި ރައްޔިތުންގެ ލާރިން ކުއްޔަށް ނަގައިގެން މިނިސްޓްރީގެ ބައެއް ސްޓާފުން "ސަކަރާތް" ޖަހަމުން ދިޔަދިޔުން ވަރަށް ގިނަ އާއްމުންވަނީ ކުށްވެރިކޮށްފައިއެވެ.

މި ލިއުމާއި ގުޅޭ