Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ޑްރޯން އޮޕަރޭޝަންގައި އަތުލައިގަތީ ލަންކާ މަސްބޯޓެއް

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯންގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަނެފައިވަނީ ސްރީލަންކާގެ މަސްބޯޓެއް ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

އެ އޮޕަރޭޝަނުގައި އަތުލައިގަނެފައިވާ މަސްބޯޓުގެ މައުލޫމާތު ހިއްސާކުރަމުން އެމްއެންޑީއެފުން މިއަދު ބުނީ އެ މަސްބޯޓަކީ ސްރީލަންކާ އަށް ނިސްބަތްވާ މަސްބޯޓެއް ކަމަށާއި އޭގައި ތިބީ ތިން މީހުން ކަމަށެވެ.

އެ މަސްބޯޓު މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

ސްރީލަންކާ އަށް ނިސްބަތްވާ މަސްބޯޓު އެމްއެންޑީއެފް އެއާ ކޯ ޑްރޯންގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެއިދާރާއިން ބުނެފައިވަނީ ޑިސެންބަރު 26 ވަނަ ދުވަހު އެވެ.

މިދިޔަ ނޮވެންބަރު މަހު ވެސް އެމްއެންޑީއެފް އިން ހިންގި އެފަދަ އޮޕަރޭޝަނެއްގައި ބޭރުގެ ބޯޓެއް އަތުލައިގަނެފައިވެއެވެ.

މި ލިއުމާއި ގުޅޭ