Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

ކެންސަރު ދަފްތަރުގައި 1474 މީހުން : އެޗްޕީއޭ

މިހާތަނަށް 1474 މީހަކު ވަނީ ކެންސަރު ދަފްތަރުގައި ރަޖިސްޓާކޮށްފައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިފަދައިން ބުނެފައިވަނީ ދައުލަތުގެ މީޑިޔާ ޕީއެސްއެމް އަށް މައުލޫތު ދެމުންނެވެ. އެޗްޕީއޭ އިން ބުނީ މާލެ ސަރަހައުދުން މިހާތަނަށް 1474 މީހަކު ކެންސަރު ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށާއި އަހަރު ނިމުމުގެ ކުރިން މާލެ ސަރަޙައްދުގެ މަސައްކަތްތައް ނިމެނޭކަމަށެވެ.

މާލެ ސަރަހައްދުގައި އެންމެ ގިނައިން ފާހަގަވެފައިވަނީ އުރަމަތީގެ ކެންސަރާއި ފުއްޕާމެއާއި ތައިރޮއިޑް ގެ އިތުރުން ލޭގެ ކެންސަރުކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭ އިން ބުނީ ރަށްރަށުގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެކަމަށާއި އެމަސައްކަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ ބޮޑެތި ހޮސްޕިޓަލްތަކުންކަމަށެވެ. އަދި އެއަށްފަހު މުޅި ރާއްޖޭގައި އެމަސައްކަތް ކުރިއަށްގެންދާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކެންސަރު ބައްޔާ ގުޅޭ ޚިދުމަތްދޭ ސަރުކާރުގެ މައި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލް ނަމަވެސް މި ބަލީގެ މީހުންނަށް މައިގަނޑު ބޮޑެތި ހުރިހާ ފަރުވާތައް މިހާރުވެސް ދެނީ ރާއްޖެއިން ބޭރުންނެވެ.

އެންމެ ޒަމާނީ ހިދުމަތްތަކާއެކު ފުލްފްލެޖް ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެ މަސައްކަތްފަށައިފައެވެ.

މި ލިއުމާއި ގުޅޭ