Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިހުސާން

ރާއްޖޭގައި ބިދޭސީ އަންހެނަކު ރޭޕް ކުރުމަށްފަހު މަރާލި ވާޙަކައަކީ ދޮގެއް

ރާއްޖޭގައި އިންޑޮނޭޝިއާގެ އަންހެނަކު ރޭޕް ކުރުމަށް ފަހު މަރާލާފައިވާ ކަމަށް ބުނެ ފަރުތަމުންދާ ވާހަކަތަކީ ހަގީގަތާ ހިލާފު ވާހަކަތަކެއްކަމަށް ހޯމްލޭންޑް އެންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ބިދޭސީ އަންހެނަކު ރާއްޖޭގައި މަރާލާފައިވާ ކަމަށް ބުނާ ވާހަކައެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލާފައިވާ ކަމަށް ބުނެ ވީޑިއޯއަކާ ހަވާލާދީ ދެކެވޭ ވާހަކަ އަކީ 2021، މެއި މަހުގައި ބަންގަލްދޭޝް ނޫހަކުން ރިޕޯޓްކޮށްފައިވާ ހާދިސާއާ ގުޅޭ ވީޑިއޯއެއް ކަމަށެވެ. އެ ބުނާ އާޓިކަލްގެ ލިންކުވެސް މިނިސްޓަރު ހިއްސާކުރައްވާފައިވެއެވެ.

ބިދޭސީ އަންހެނަކު ރާއްޖޭގައި މަރާލާފައިވާ ކަމަށް ބުނާ ވާހަކައެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ ރޭގަ އެވެ. އެ ހާދިސާގެ ވީޑިއޯ ވެސް އެބައޮތް ކަމަށް ބުނާ ވާހަކަތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވެއެވެ. މިނިސްޓަރގެ އިތުރުން ފުލުހުން ވެސް ވަނީ މިކަން ދޮގު ކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ