Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ މިނިސްޓަރ ފައިސަލް

ދެ މިލިއަން ވަނަ ފަތުރުވެރިޔާ ބުރާސްފަތި ދުވަހު ރާއްޖެ އަންނާނެކަމަށް ލަފާކުރެވޭ: ފައިސަލް

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ދެ މިލިއަން ވަނަ ފަތުރުވެރިޔާ އަންނަ ބުރާސްފަތިދުވަހު ރާއްޖެ އަންނާނެކަމަށް ލަފާކުރައްވާކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ އާދީއްތަދުވަހުގެ ނިޔަލަށް ރާއްޖެއަށް 1978252 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ.

ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، 2 މިލިއަންވަނަ ފަތުރުވެރިޔާ، މި ހަފްތާގެ ބުރާސްފަތި ދުވަހު އަންނާނެކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފައިސަލް ވިދާޅުވިގޮތުގައި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން އެ މިނިސްތަރީ އާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ގުޅިގެން ކުރެވުނު ކާމިޔާބު މަސައްކަތްތަކެއްގެ ނަތީޖާއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.97 ފަތުރުވެރިން އައިސްފައިވާއިރު އެ އަމާޒަށް ވާސިލްވާން ބާކީ ބޭނުންވަނީ ތިރީހަކަށް ހާސް ފަތުރުވެރިންނެވެ.

މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، މި މަހުގެ 26 ވަނަ ދުވަހު މިއަހަރުގެ ދެ މިލިއަންވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭކަމަށް ޓޫރިޒަމް މިނިސްޓަރު ފައިސަލް މީގެކުރިންވެސް ވަނީ ވިދާޅުވެފައެވެ.

"ސީޒަންތެރެވީމައި، ބައެއް ދުވަސްތަކުގައި 8000 ފަތުރުވެރިންވެސް އަންނާނެކަމަށް ލަފާކުރެވޭ. މިއަހަރު އެއް މިލިޔަން ފަތުރުވެރިން ހާސިލްކުރީ އެއްމަސްކުރިން، އެހެންކަމުން މިއަހަރު ދެ މިލިޔަން ޕްލަސްކުރެވޭނެ އަދަދުތައް" ފައިސަލް ވިދާޅުވެފައިވެއެވެ.
2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރުތެރޭ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ ބެޑް ނައިޓްސް ހުންނާނެ ކަމަށް ބެލެވެނީ 14.2 މިލިއަންގައެވެ. މި ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ އަންނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލެވެ. 78،000 އަކަ މީޓަރުގެ މި ޓާމިނަލްގެ ސަބަބުން އެއާޕޯޓުގެ ކެޕޭސިޓީ އަހަރަކު 1.5 މިލިއަނުން ހަތް މިލިއަނަށް އިތުރުވެ، އެރޯބޯޑިން ބްރިޖާއި ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްފަދަ ޒަމާނީ ވަސީލަތްތައް ލިބެންހުންނާނެއެވެ.
މި ލިއުމާއި ގުޅޭ