Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުއްލި މަރު

އަށެއްކަ ގަޑިއިރުގެ ތެރޭގައި މާލޭގައި ދެވަނަ މަރު

މާލޭސިޓީގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮތް މީހަކު އަނެއްކާވެސް ފެނިއްޖެއެވެ. ރޭ ދަންވަރު މީހަކު ނިޔާވެފައި އޮއްވާ ފެނުނީ އިއްޔެ ހަވީރު ވެސް ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައި ވަނިކޮށެވެ.

ފުލުހުން ވިދާޅުވީ ރޭގެ ދަންވަރުގެ ވަގުތެއްގައި މާލޭސިޓީގެ ގަލޮޅުގެ ގެއެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް މީހެއް އޮތް ކަމުގެ ރިޕޯޓު ލިބިފައިވެއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ފުލުހުންނަށް ރިޕޯޓް ލިބިފައިވަނީ ރޭގެ ދަންވަރު 01:27 ހާއިރު ކަމަށާއި މިމީހާއަށް ފަރުވާ ދިނުމަށް އައިޛީއެމް ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދިން ކަމަށެވެ.

ފުލުހުން ބުނީ ނިޔާވެފައިވަނީ ގ. ބިއުޓީވިލާ ދާއޫދު ޖިމްރީޒް (45އ) ކަމަށާއި މިމައްސަލަ އިތުރަށް ތަހުޤީޤުކުރަމުން ގެންދާ ކަމަށެވެ.

އިއްޔެ ހަވީރު ޒުވާނަކު ނިޔާވެފައި އޮއްވާ ފެނުނީ ގަލޮޅުގެ ގެއަކުންނެވެ. ގ.ފްރެސް ލައިޓް ގޭގައި ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 35 އަހަރުގެ ޒުވާނެކެވެ. އޭނާވެސް ހޮސްޕިޓަލަށް ގެންދިޔައިރު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ