Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއޭސީއެލް

އެމްއޭސީއެލް މެރިޓް އެވޯޑު ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން ކޮންމެ އަހަރަކު ދެމުންދާ "މެރިޓް އެވޯޑް" ސީއެޗްއެސްއީގެ ގްރޭޑް 11 ގައި ކިޔަވަމުންދާ 4 ދަރިވަރަކަށް ދީފިއެވެ.

މިދިޔަ އަހަރު ތަޢާރަފުކުރި މި އެވޯޑަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ ގްރޭޑް 11 ގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު 4 ދަރިވަރުންނަށް ދޭ އެވޯޑެކެވެ.

މިއަހަރުގެ އެވޯޑް ހާސިލުކޮށްފައިވާ 4 ދަރިވަރުންނަކީ ޔަޝާ ޝާފީ ޝަފީގާއި އަހުމަދު ރާއިފް ނަސީމާއި ނިޝްރާ ވަހީދު އަދި އަލީ މާއިޒް އެވެ.

މި 4 ދަރިވަރުންނަށް އެވޯޑް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހިމް ޝަރީފުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެމްއޭސީއެލް އިން ސީއެޗްއެސްއީގެ ދަރިވަރުންނަށް ހާއްސަ އެވޯޑެއް ތައާރަފުކުރުމުގެ މަޤސަދަކީ ވަޒީފާގެ މައިދާނަށް ނުކުންނާނެ ރަނގަޅު ކުދިންތަކެއް ބިނާކުރުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއެޗްއެސްއީގެ ޕްރިންސިޕަލް ވިދާޅުވީ މި އެވޯޑުގެ ސަބަބުން ދަރިވަރުންގެ މެދުގައި ކިޔެވުމުގެ ރޫހު އާލާވެ ރަނގަޅު ނަތީޖާ ހޯދުމުގެ ވާދަވެރިކަން އިތުރުވެފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ