Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ބީއެމްއެލްގެ ސްޓާޓަޕް ގްރާންޓް ލިބޭ ފަރާތްތައް ހޮވައިފި

ބޭންކް އޮފް މޯލްޑިވްސްގެ ސްޓާޓަޕް ގްރާންޓް 2024 ވަނަ އަހަރު ލިބޭ ދެ ވިޔަފާރި ހޮވައިފިއެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 (ފަސް ލައްކަ) ރުފިޔާ ދެމުންއަންނަ ފަންޑެކެވެ. މި އަހަރު މި ގްރާންޓް ކާމިޔާބުކުރި ދެ ވިޔަފާރިވެރިންނަކީ:

  • 1. ނިޔާފް މުހައްމަދު (ވިޔަފާރީގެ ނަން: ދަ އިލެންޑް ފެކްޓްރީ)
  • ރާއްޖޭގައި ތައްޔާރުކުރާ މަހުގެ އުފެއްދުންތަކުގެ ސިނާއަތަށް، ފެންވަރު ރަނގަޅު، އިޖާދީ ލުއި ކާނާ އުފެއްދުމަށް ފެކްޓްރީއެއް ގާއިމްކުރުން
  • 2. މުހައްމަދު ޝާމިން އަލީ (ވިޔަފާރީގެ ނަން: އާފްޓަރ ސްކޫލް)
  • އަމިއްލަ އަށް ފަރުމާކޮށްގެން ރާއްޖޭގައި ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖީނިއަރިން، މެތަމެޓިކްސް) ކިޓު ދަރިވަރުންނަށް ފޯރުކޮށްދިނުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުން

ބީއެމްއެލް އިން ބުނީ ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށްވެސް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގައިކަމަށެވެ. އެގޮތުން ފުރުތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތްވަނީ ޝޯޓްލިސްޓްކޮށްފައިކަމަށް ވެސް ބީއެމްއެލް އިން ބުނެފައިވެއެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓް ލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅުނު ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން އުފެދެމުން އަންނަ ވިޔަފާރިތަކަށް ޖެހިޖެހިގެން ސްޓާޓަޕް ގްރާންޓް ފޯރުކޮށްދޭ މިއީ ތިންވަނަ އަހަރެވެ.

މި ލިއުމާއި ގުޅޭ