Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ބޯޑުގެ ޕްރައިވެޓް ސެކްޓަރ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރަން ދެ މެންބަރަކު ހޯދުމަށް އެ އޮފީހުން އިއުލާނުކޮށްފިއެވެ.

ޕެންޝަން އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންގެ ދައުރު 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހު ހަމަވާކަމަށާއި މިދެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ހުޅުވާލައިފައިވާކަމަށެވެ.

ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުގައި ވާގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި ދެ މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ކޮންމެ މަޤާމަކަށް ތިން ނަން ޝޯޓްލިސްޓް ކުރާނެކަމަށާއި ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރާނެކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ފެންވަރު ނުވަތަ ޝަރުތުތައް:

  • - ވިޔަފާރި، އިޤްތިޞާދީ ނުވަތަ ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ފެންވަރަށް ތަޢުލީމު ހާސިލުކުރައްވާފައިވުން
  • - ޕެންޝަން ނުވަތަ އިންވެސްޓްމަންޓްގެ ދާއިރާގައި މަސައްކަތްކުރައްވާ ތަޖުރިބާ ހާސިލުކުރައްވާފައިވުން
  • - ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ މެންބަރުންނަކީ، ދައުލަތުގެ ނުވަތަ ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާކުރައްވާ މީހަކު ކަމުގައި ނުވުން
  • - ސަރުކާރުން 50 އިންސައްތަ އިން މަތީ އަދަދަކަށް ހިއްސާވާ ޕަބްލިކް އަދި ޕްރައިވެޓް ކުންފުންޏެއްގެ ނުވަތަ އެފަދަ ކުންފުނިތަކުން ކޮންޓްރޯލްކުރާ ސަބްސިޑިއަރީ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުން

ޕެންޝަން އޮފީހުން ބުނީ މި ޝަރުޠުތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ކަނޑައަޅާފައިވާ ކަންކަމަށް ރިޢާޔަތް ކުރާނެކަމަށެވެ.

މި ދެ މަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ ޖެހުއަރީ މަހުގެ ހަވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ކުރިން ހުށަހަޅަން ޖެހޭނެއެވެ.

މި ލިއުމާއި ގުޅޭ