Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެޗްޕީއޭ

އަރިދަފުސް ރޯގާ އިތުރުވެ މަސްދުވަހުން 40،000 މީހުން ބަލިވެއްޖެ

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ނޮވެންބަރު މަހު ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ ނޮވެމްބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން 40،504 މީހަކު ރިޕޯޓްކޮށްފައިވާއިރު މިއީ އޮކްޓޫބަރު މަހާ އަޅާބަލާއިރު ބޮޑު ތަނުން އިތުރު އަދަދެކެވެ. އޮކްޓޫބަރު މަހު ރޯގާޖެހިގެން ރިޕޯޓްކޮށްފައިވަނީ 29،515 މީހެކެވެ.

އަދި މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި އަދަދާ އަޅާބަލާއިރުވެސް އިތުރު އަދަދެއްކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު މިދިޔަ އަހަރުގެ ނޮވެންބަރު މަހު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވަނީ 37،028 މީހެކެވެ.

އޮކްޓޫބަރު މަހާ އަޅާބަލާއިރު، އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި މީހުންގެ އަދަދުވެސް ނޮވެމްބަރުމަހު އިތުރު ކަމަށް ތަފަށް ހިސާބުތަކުން ދައްކައެވެ.

އެގޮތުން މިއަހަރުގެ މިހާތަނަށް 2،375 މީހުން އިންފުލުއެންޒާއަށް ޓެސްޓް ކުރިއިރު އޭގެ ތެރެއިން 476 ސާމްޕަލް ޕޮޒިޓިވްއެވެ. މީގެ ތެރެއިން ނޮވެންބަރު މަހު 164 ސާމްޕަލް ޓެސްޓުކުރިއިރު 42 މީހަކު އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވެއެވެ.

އަދި ޑެންގީ ހުން ޖެހިގެން އޮކްޓޫބަރު މަހު 126 ކޭސް ރިޕޯޓުކޮށްފައިވާއިރު ނޮވެންބަރު މަހުގެ ރިޕޯޓްކޮށްފައިވަނީ 140 ކޭސްއެވެ.

އާންމު ބަލިތައް ފެތުރޭ އަދަދު މިދުވަސްވަރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެހެންވެ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިއުމާއި ގުޅޭ