Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

"އަވައްޓެރި ބީޗް ފެސްޓް 2024" ވިލިމާލޭގައި ބާއްވައިފި

"އަވައްޓެރި ބީޗް ފެސްޓް 2024" ގެ ނަމުގައި ވިލިމާލޭގައި ދިރިއުޅޭ ތުއްތު ކުދިންނަށް ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ވިލިމާލެ ޕޮލިހާއި ލިކުއިޑް ވޯޓަރ ސްޕޯޓްސްއިން އިސްނަގައިގެން ވިލިމާލޭގެ ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އަވައްޓެރި ފުލުހުންގެ ދަށުން ހިންގާ ވިލިމާލެ ޖޮއިންޓް އޭޖެންސީ ގްރޫޕް ގުޅިގެން ހިންގި ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހެނދުނު 07:00 އިން 11:00އަށެވެ. ފުލުހުން ބުނީ މި ހަރަކާތަކީ ރައްޔިތުންނާއި ފުލުހުން ގުޅުން ބަދަހިކޮށް ވީހާވެސް ގާތުން މަސައްކަތްކުރުމަށް މަގުފަހިކުރުމުގެ އިތުރުން ވިލިމާލޭގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތައްކަމަށެވެ.

މި ހަރަކާތް ޝަރަފުވެރި ކޮށްދެއްވާފައި ވަނީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ. މި ހަރަކާތުގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ މިފަދަ އިވެންޓުތަކުން ފުލުހުންނާއި އާންމުންނާ ދެމެދު އޮންނަ ގުޅުން ބަދަހިވެ، މުޖުތަމައު އިތުރަށް ރައްކާތެރި އަދި ދުޅަހެޔޮ މުޖުތަމައަކަށް ހެދުމަށް މަގުފަހި ވެގެންދާކަމަށް ވިދާޅުވެފައެވެ.

ވިލިމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި 800އަށްވުރެ ގިނަ ކުޑަކުރިން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ ތެރޭގައި ކަޔަކިންގ، ވޮލީބޯޅަ މެޗުތައް، ކުޑަކުދިންގެ ވާދަމާ މުބާރާތް، އަލިފާނުގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުން، އަދި ކުޑަކުދިންގެ އާޓް މުބާރާތްތަކާއި އެހެނިހެން މޫދު ކުޅިވަރުތައް ހިމެނެއެވެ.މަގުމަތީގެ ރައްކާތެރިކަމާއި، ސައިބަރ ކްރައިމް އާއި ކުޑަކުދިންނާ ގުޅުންހުރި މައުލޫމާތާއި، ފުލުހުން ފޯރުކޮށްދޭ އެހެނިހެން މުހިންމު ހިދުމަތްތަކާ ބެހޭ މައުލޫމާތު ދިނުންވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެ އެވެ.

މި ލިއުމާއި ގުޅޭ