Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އަލިފާނުގެ ހާދިސާއާ ގުޅިގެން އަމީނީ މަގުގެ ބަޔަކާއި ހަވީރު ހިނގުމުގެ ބައެއް ބަންދުކޮށްފި

އިއްޔެ ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އަމީނީ މަގާއި ހަވީރީ ހިނގުމުގެ ބައެއް ބަންދުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާކަމަށެވެ.

މިގޮތުން އާއްމު ޓްރެފިކަށް ބަންދު ކުރެވޭ ސަރަހައްދުގެ ގޮތުގައި އަމީނީ މަގު އަލިފާނުގެ ހާދިސާ ހިނގި މަގުގެ ސަަރަހައްދާއި، ހަވީރީ ހިނގުމުގެ ސަރަހައްދެއް ވަނީ ބަންދު ކޮށްފައެވެ.

އިއްޔެ ހެނދުނު 6:25 ހާއިރު، އަލިފާން ރޯވި އިމާރާތަކީ ދައުލަތުގެ ތިން ވުޒާރާއެއް ހިންގަމުން އަންނަ އިމާރާތެކެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީވެސް ހިންގަނީ އެ އިމާރާތުގައެވެ.

މިކަމާއި ގުޅިގެން އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

ދަރުބާރުގޭގައި ތިން މިނިސްޓްރީއަށް ބޭނުންވާ އޮފީސް ސެޓަޕް ހެދުމުގެ މަސައްކަތް ތިން މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވެސް ބައިވެރިވެގެން މިހާރު އަންނަނީ ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އަންނަ ހަފްތާގައި ތިން މިނިސްޓްރީގެ ހިދުމަތްތައް ވެސް ދަރުބާރުގޭގައި އަލުން ފަށާށެވެ.
މި ލިއުމާއި ގުޅޭ