ބުރާސްފަތި ދުވަހު ހެނދުނު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވާރްމަންޓް މިނިސްޓްރީ ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދަރުބާރުގޭގައި ތިން މިނިސްޓްރީއަށް ބޭނުންވާ އޮފީސް ސެޓަޕް ހެދުމުގެ މަސައްކަތް ތިން މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުން ވެސް ބައިވެރިވެގެން މިހާރު އަންނަނީ ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އަންނަ ހަފްތާގައި ތިން މިނިސްޓްރީގެ ހިދުމަތްތައް ވެސް ދަރުބާރުގޭގައި އަލުން ފަށާށެވެ.
ތިން މިނިސްޓްރީއެއްގެ އޮފީސް އިމާރާތްތައް ބޭނުން ނުކުރެވޭވަރަށް ހަލާކުވިއިރު މިހާރު ވެސް ސަރުކާރުގެ ގިނަ މިނިސްޓްރީތަކަށް ވަނީ ޖާގައިގެ ދަތިކަން ކުރިމަތިވެފައެވެ.