Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެހެންދި އެވޯޑު

އަލިފާނުގެ ހާދިސާއާ ގުޅިގެން ރެެހެންދި އެވޯޑު ހަފްލާ ފަސްކޮށްފި

ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 10 ވަނަ ރެހެންދި އެވޯޑް ހަފްލާ ފަސް ކޮށްފައިވާ ކަަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ބުނެފިއެވެ،

އެ މިނިސްޓްރީން ބުނީ މިއަދުގެ އަލިފާނުގެ ހާދިސާއާ ގުޅިގެން އަންނަ އާދީއްތަ ދުވަހުގެ ރޭ ދަރުބާރު ގޭ ރަންނަބަނޑޭރި މާލަަމުގައި، ބޭއްވުމަށް ހަމަޖެހިފައި އޮތް 10 ވަނަ ރެހެންދި އެވޯޑް ހަފްލާ ފަސްކޮށްފައިވާ ކަމަށެވެ.

އަދި މި ހަފްލާއަށް ދައުވަތު އެރުވިފައިވާ ފަރާތްތަކަށް ހަފްލާ ބާއްވާނެ ދުވަހެއް ފަހުން ހިއްސާ ކުރާނެ ކަަމަށްވެސް ބުނެފައިވެއެވެ.

މިއަދު ހެނދުނު 6:25 ހާއިރު، ރޯވި އެ އިމާރާތަކީ ދައުލަތުގެ ތިން ވުޒާރާއެއް ހިންގަމުން އަންނަ އިމާރާތެކެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީވެސް ހިންގަނީ އެ އިމާރާތުގައެވެ.
އެ އިމާރާތުގައި ވަރަށް ބޮޑަށް ރޯވެ، އަނދައި ހުލި ވެފައިވާއިރު، އެ ސަރަހައްދަށް އެވަގުތު ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ