Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ ޒަމީރު

އިޔާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑިތައް ހާސިލްކުރަން އެހީ ބޭނުންވޭ: ޒަމީރު

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއާ ގުޅޭ ލަނޑުދަނޑިތައް ހާސިލްކުރަން ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ގްލޯބަލް އިކޮނޮމިކް ޕޮލިސީ ފޯރަމްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީއައިއައި)އިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ކްލައިމެޓް ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރއަށް ދިވެހިރާއްޖެއިން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން އަންނަކަން މިނިސްޓަރު ޒަމީރުގެ ވާހަކަފުޅުގަިއ ވަނީ ފާހަގަކުރައްވާފައެވެ.

އަދި މި ލަނޑުދަނޑިތަކަށް ފައިނޭންސިން އާއި ޓެކްނޮލޮޖީ ޓްރާންސްފާގެ ގޮތުން ވެސް ބައިނަލްއަގުވާމީ ގޮތުން ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވާކަމަށް މިނިސްޓަރު ވިދާޅުވެފައިވާކަމަށްވެސް ސީއައިއައިއިން ފާހަގަކޮށްފައިވެއެވެ.

އިންޑިއާގެ ނިއުދިއްލީގައި ބޭއްވި "ގްލޯބަލް އިކޮނޮމިކް ޕޮލިސީ ފޯރަމް 2024 ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް މިނިސްޓަރު ޒަމީރު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ލިއުމާއި ގުޅޭ