Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ހުޅުމާލެއިން ނެގޭނެ އިންތިޒާމް ހަމަޖައްސައިފި

އިމުގާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ހުޅުމާލެއިން ނެގޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން ބުނީ "އިމުގާ" މެދުވެރިކޮށް އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށައަޅާއިރު، ޕާސްޕޯޓް ނަގަން ބޭނުންވާ ތަން ނުވަތަ ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ހުޅުމާލޭގެ ސެންޓަރުތައް ޖެހުމުން ހުޅުމާލެއިން ޕާސްޕޯޓްތައް ނެގޭނެކަމަށެވެ.

އިމިގްރޭޝަންގެ ޕާސްޕޯޓް ކަލެކްޝަން ސެންޓަރުތައް ހުޅުމާލޭގައި ގާއިމްކޮށްފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އުމަރު ޒާހިރު އޮފީސް އިމާރާތުގެ ތިރީފަންގިފިލާގައާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް 2ގެ އެއްވަނަ ފަންގިފިލާގައެވެ.

ހުޅުމާލެއިން ޕާސްޕޯޓް ނެގޭނެ އިންތިޒާމްތައް ހަމަ ޖައްސާފައިވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު މިދިޔަ ނޮވްމެބަރު މަހުގެ 16 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އިފްތިތާހްކޮށްދެއްވާފައެވެ.
އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު އެއްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ނިޔަލަށެވެ.

ޕާސްޕޯޓުގެ ޚިދުމަތް މިހާރު ލިބެނީ މާލެ ސަރަޙައްދުގެ އިތުރަށް ސިޓީތަކާއި ހއ. ދިއްދޫންނެވެ. މީގެއިތުރުން ދ. ކުޑަހުވަދޫގައި ޕާސްޕޯޓް ނެގޭނެ އިންތިޒާމް ވެސް މިހާރު ހަމަޖައްސާފައިވާއިރު މިއަހަރު ލ. ފޮނަދޫގައި އެ ޚިދުމަތް ފެށުމަށްވެސް މިހާރު އޮތީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ