Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަހުމަދު އަޒާން

އެމްޑީޕީގެ ވެރިން ކުރި ވައްކަންތައް ތަހުޤީޤުކޮށް ދިގުމުއްދަތަށް ޖަލަށް ލާންޖެހޭ: އަޒާން

ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިވާ ވައްކަންތައް ތަހުޤީޤުކޮށް ޒިންމާވާ ފަރާތްތައް ދިގު މުއްދަތަށް ޖަލަށް ލާންޖެހޭ ކަމުގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަޒާން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމްގެ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކަށް ދީފައިވާކަމަށެވެ. އަދި ބަދަލުގެ ގޮތުގައި 36 ރަށާއި ފަޅުތައް ދީފައިވާކަމަށެވެ.

މިގޮތުން އޭރު ސިޔާސީ ގޮތުން ސަރުކާރާއި ގުޅުނު ފަރާތްތަކަށާއި، ސަރުކާރުގެ އިސް ފަރާތްތަކާއި އާއިލީގޮތުން ގާތް ފަރާތްތަކަށާއި ކެބިނެޓުގެ ވަޒީރުންގެ އާއިލާ ބޭފުޅުންނަށް ނުޙައްޤުން ދީފައިވާ ފައިސާތަކުގެ މައްސަލަތައް ބެލުން މިހާރު މާ ލަސްވެސް ވެއްޖެ ކަމުގައި އަޒާން ފާހަގަކުރެއްވިއެވެ.

ފާއިތުވި ފަސް އަހަރު އަޅުގަނޑުމެން ދެއްކި ވާހަކައަކީ އެއީ އަޅުގަނޑުމެންގެ ވެރިކަމެއް އަތުވެއްޖެއްޔާ މި ވައްކަންތަކާއި އެހެނިހެން ޖަރީމާތައް ތަޙުޤީޤުކޮށް މި ބޭފުޅުން ޖަލަށްލާނޭ ވާހަކަ ދެއްކީ. އެކަން ކުރަންވީ އިނގޭތޯ!
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން

އަޒާނު ދެއްކެވި ވާހަކަފުޅުގައި ވަނީ ފުލުހުންގެ މުއައްސަސާއަށާއި ޕީޖީއަށް އަދި ކަމާ ގުޅޭ އެހެން އިދާރާތަކަށް މިމައްސަލަތައް އަވަހަށް ތަހުޤީޤު ކުރުމަށް ގޮވާލާފައެވެ.

އެމްޑީޕީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީއިން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ މުދަލާއި ފައިސާގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް (އިބޫ) އާއި އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި, ދައުވާ ކުރެވޭ ނަމަ އެކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނި ފާސްކޮށްފައެވެ.

މި ލިއުމާއި ގުޅޭ