Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިފްކޯ

ރައީސްގެ ވައުދުފުޅާ އެއްގޮތަށް މަސްކިރުވިތާ 48 ގަޑިއިރުތެރޭގައި ފައިސާ ޖަމާކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާޖަމާކުރަން ފަށައިފިއެވެ.

މިފްކޯއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިމަހުގެ 8 ވަނަ ދުވަހު މިފްކޯއަށް މަސްވެރިން ކިރުވާފައިވާ 172 މެޓްރިކް ޓަނަށްވާ 2،045،823ރ މިއަދު ވަނީ މަސްވެރިންނަށް ޖަމާކޮށްފައެވެ.

މިފްކޯއިން މަސްވެރިންނަށް 48 ގަޑި އިރުގެ ތެރޭގައި ފައިސާޖަމާކުރަން ފެށުމަށް އިޝާރާތްކުރައްވާ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވީ މިއީ ތާރީޚީ ދުވަހެއް ކަމަށެވެ.

މިއަދު ފާހަގަކުރަމުންދާ 44 ވަނަ މަސްވެރިންގެ ދުވަހާއި ގުޅިގެން ސޯޝަލްމީޑިއާ އެކްސްގައި ޝިޔާމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަސްވެރިންގެ އަދި މަސްވެރި ސިނާޢަތުގައިހުރި ޒަމާންވީ ބޮޑެތި ގޮންޖެހުންތަކަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ޖުމްލަ ހައްލުތަކެއް ހޯއްދަވައި ދެއްވަމުންނެވެ.

މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ވެރިކަމާއި ހަވާލުވުމަށްފަހު ރައީސް ވަނީ މި ވަޢުދު ފުއްދެވުމަށްޓަކައި މިފްކޯގެ ހިންގުން ހަރުދަނާ ކުރައްވައި، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ވީއެންމެ އަވަހަކަށް ޖަމާކުރުމަށް ބޮޑު އިސްކަމެއް ދެއްވާފައެވެ.

މި ލިއުމާއި ގުޅޭ