Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާސަންދަ

ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ ޚިދުމަތް ދިނުމަށް ތިން ހޮސްޕިޓަލަކާއެކު ސޮއިކޮށްފި

ޔޫއޭއީ އާއި ތައިލޭންޑުން އާސަންދަ މެދުވެރިކޮށް ޚިދުމަތް ދިނުމަށް ދުބާއީގެ ހޮސްޕިޓަލަކާއި، ބެންކޮކް ދެ ހޮސްޕިޓަލަކާއެކު އާސަންދައިން ސޮއިކޮށްފިއެވެ.

އާސަންދައިން ބުނީ އާސަންދަ ޚިދުމަތް ދޭން ރާއްޖެއިން ބޭރުގެ ތިން ހޮސްޕިޓަލަކާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.

އެއީ:

- ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ

- ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލް

- ބެންކޮކްގެ ބެންކޮކް ހޮސްޕިޓަލް

އާސަންދައިން ބުނީ މި ތިން ހޮސްޕިޓަލާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުމުން، އަންނަ ޖެނުއަރީ މަހުގެ 15 އިން ފެށިގެން ކަނޑައެޅޭ އުސޫލްގެ ތެރެއިން އެ ހޮސްޕިޓާތަކަށް ފަރުވާއަށް ފޮނުވަން ފަށާނެ ކަމަށެވެ.

ތައިލޭންޑާއި ޔޫއޭއީން އާސަންދައިގެ ހިދުމަތް ދިނުމަށްޓަކައި އެ ދެ ގައުމުގެ ހޮސްޕިޓާތަކާއެކު ކުރެވުނު މަސައްކަތުން ހިދުމަތް ފެށުމާ ހަމައަށް ވާސިލުވެފައިވާ ކަމަށް އެންސްޕާގެ ސީއީއޯ ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އާސަންދައިގެ ދަށުން ޔޫއޭއީ އާއި ތައިލެންޑުން ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރައީސް މިކަން އިއުލާން ކުރެއްވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހުއެވެ.

މި ލިއުމާއި ގުޅޭ