Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ފަރަހަނާޒް

އަމީންގެ ކާފަދަރިކަނބަލުން ފައްޔާޒަށް: ތި ދައްކަނީ އިސްލާމީ ހަމަތަކުންވެސް ބޭރު ވާހަކަ

މީހުން ހަވަރަށް ދީ "މަރަން" ތާއީދުކޮށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދައްކާފައިވަނީ އިސްލާމީ ހަމަތަކުންވެސް ބޭރު ވާހަކައެއް ކަމަށް ކުޜިގެ ރައީސް މުހައްމަދު އަމީންގެ ކާފަ ދަރިކަނބަލުން ޑރ. ފަރަހަނާޒް ފައިޒަލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންނަށް ދެރަދިނީމަ، ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭ ކަމަށް ވިިދާޅުވެ ފައްޔާޒް ދައްކަވާފައިވާ ވާހަކަ އަށް އިޝާރާތްކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

"ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭނީ، އެހެން ކޮން ގޮތެއްތޯ ހަދާނީ" ފައްޔާޒު ވިދާޅުވިއެވެ.

ފަރަހަނާޒް ވިދާޅުވީ އިސްލާމީ ޝަރުޢީ ހަމަތަކުން ބޭރުން، މީހަކު މަރާލުމަކީ ދުވަހަކުވެސް ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށާއި ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫންކަމަށެވެ.

"މިއީ އެމްޑީޕީގެ ރަސްމީ ސްޓޭންޑް ތޯ؟ އެހެންނަމަ މިއީ ދިރިހުރުމުގެ ހައްގު ހިމެނޭ ގޮތަށް މީހުންގެ އަސާސީ ހައްގުތަކަށް ތެދުވި އެމްޑީޕީއެއް ނޫން." އޭނާ ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ "ހަވަރަށް ދިން" ފަދައިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް އެހެން ހަދަން ޖެހިދާނެ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ ޖަލްސާއެއްގައި އެމަނިކުފާނަށް އިންޒާރުދިން މައްސަލައެއް ފުލުހުން އަންނަނީ ތަހްގީގުކުރަމުންނެވެ.


ގާނޫނުއަސާސީގެ ދިފާއުގައި" ނަމުގައި އެމްޑީޕީން ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދެއްކި އަބްދުއްރަހްމާން އިސްމާއިލް ކިޔާ މީހަކު ވަނީ ސަރުކާރަށް ފާޑުކިޔައި މުހައްމަދު އަމީނަށް ހެދިހެން ހަދަން ޖެހޭ ކަމަށް ބުނެ އިންޒާރުދީފައެވެ.

އެގޮތުން، ރައީސް އަމީންގެ ވެރިކަމުގައި ރާއްޖެއަށް ދުންފަތް އެތެރެ ކުރުން މަނާކުރުމުން ކަން ހިނގައި ދިޔަ ގޮތުގެ ވާހަކައަށް އިޝާރާތްކޮށް ވާހަކަ ދައްކަމުން އޭނާ ބުނީ، "އަމީން ކުޅުއްވީ ދުންފަތާ" ކަމަށެވެ. އަދި ރައީސް މުއިއްޒު "ކުޅުއްވަނީ ގާނޫނުއަސާސީއާ" ކަމަށް އޭނާ ތުހުމަތު ކުރިއެެވެ.

އެމްޑީޕީން މީގެކުރިން ވެސް ސީދާކޮންނާއި ނުސީދާކޮށް ރައީސް މުއިއްޒަށް އެކި ބާވަތުގެ އިންޒާރު ދީފައިވެއެވެ. މީގެކުރިންވެސް ވެރިކަމުގައި ތިއްބަވާ ބޭފުޅުންނަށާއި، މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް އިންޒާރު ދިނުމަކީ އެމްޑީޕީ ތެރޭގައި އާންމު ކަމެކެވެ.

މި ލިއުމާއި ގުޅޭ