Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އެ އިދާރާއިން އިއުލާނުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހޯދަން އިއުލާން ކޮށްފައިވަނީ ޢަލީ ނިހާދު، މ. ނާޒްލީ މަންޒިލް / މާލެ، (43އ) އެވެ.

ފުލުހުން ބުނިގޮތުގައި މި މިހާއަކީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ މީހެކެވެ،

އެހެންވެ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލު ކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި މީހާ ތަހުގީގަށް ހާޒިރުވުމަށް އަންގާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް މި މަހުގެ 15 ވަނަ .ދުވަހުގެ ހެނދުނު 10:00 އަށް މި މީހާ ހާޒިރު ވުމަށް އެ އިދާރާއިން ވަނީ އަންގާފައެވެ.

މި ލިއުމާއި ގުޅޭ