Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

"ހޯމް އާޓް ފަރުނީޗަރ" ޕޭޖާ ގުޅޭ ގިނަ މައްސަލަތަކެއް ބަލަނީ

"ހޯމް އާޓް ފަރުނީޗަ" ޕޭޖާ ގުޅޭ ގިނަ އަދަދެއްގެ ފްރޯޑް މައްސަލަތަކެއް ހުށަހެޅެމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޮންލައިންކޮށް ވިޔަފާރި ކުރާއިރު ފައިސާ ދެއްކުމުން ޑެލިވާ ނުކޮށްދޭ މައްސަލަ އިތުރުވަމުންދާ ކަމަށާއި ހާއްސަކޮށް ފޭސްބުކްގައި ހިންގާ "ހޯމް އާޓް ފަރުނީޗާ" ޕޭޖާ ގުޅޭ ފްރޯޑް މައްސަލަތައް ގިނަ އަދަދަކަށް ހުށަހެޅެމުންދާ ކަމަށެވެ.

ފުލުހުން ބުނީ އޮންލައިންކޮށް މުދާ ގަންނައިރު މުދާ އަތަށް ލިބުމުން ނޫނީ ފައިސާ ނުދެއްކުމަށާއި، "ހޯމް އާޓް ފަރުނީޗާ" ޕޭޖުން މުދާ ގަތުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އޮންލައިންކޮށް ވިޔަފާރިކުރާނަމަ، އެ ވިޔަފާރިއެއްގެ ސައްހަކަން ކަށަވަރުކުރުމަށް އެދޭ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ ފްރޯޑް މައްސަލައެއްގެ ޝިކާރައަކަށް ވެއްޖެނަމަ، ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް އެދޭ ކަމަށެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުން އަންނަ އިރު ސަރުކާރުގެ އިދާރާތަކާއި ގުޅައިގެންނާއި މެސެޖު ކޮށްގެން ސްކޭމްތައް ހިންގުމުގެ މައްސަލަތައް ވެސް އޭގައި ހިމެނެއެވެ.

މި ލިއުމާއި ގުޅޭ