Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފުލުހުންގެ ދެކުނު ކޯޑިނޭޝަން ސެންޓަރު އައްޑޫގައި ހުޅުވައިފި

އައްޑޫ ސިޓީ އެއްކޮށް ސީސީޓީވީ ކެމެރާތަކުން ބެލޭގޮތަށް ފުލުހުންގެ ދެކުނުގެ ކޮމިއުނިކޭޝަން އެންޑް ކޯޑިނޭޝަން ސެންޓަރު ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.

މި ކޯޑިނޭޝަން ސެންޓަރަކީ ފުލުހުންގެ ސައުތު ރީޖަން ކޮމާންޑުގައި ހިމެނޭ ގއ. ގދ. އަތޮޅު އިތުރުން ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގެ ފުލުހުންގެ ޚިދުމަތަށް ހާއްސަ ކޮށްގެން ގާއިމްކޮށްފައިވާ ސެންޓަރެކެވެ.
ފުލުހުން ބުނިގޮތުގައި މި ސެންޓަރާއެކު މި ސަރަހައްދުގެ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ހޯދުމަށާއި، މައުލޫމާތު ސާފުކޮށް ފުލުހުންނަށް ދޭން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގައި ފަސޭހަ ވެގެންދާނެއެވެ.
ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ހުރިހާ ރަށެއްގެ ފުލުހުންގެ ޚިދުމަތް ގުޅުވާލުމުގެ އިތުރުން، މި ސެންޓަރުން އައްޑޫ ސިޓީގައި މިހާރު ގާއިމްކޮށްފައިވާ ސީސީޓީ ކެމެރާތައް މޮނިޓަރ ކުރެވޭނެއެވެ. އަދި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ އިތުރުން ވަކިން އޮންނަ ހުޅުދޫ އާއި މީދޫގައި ގާއިމް ކޮށްފައިވާ ކެމެރާތައް މިސެންޓަރު މެދުވެރިކޮށް ބަލާލެވޭނެއެވެ.

މިސެންޓަރު ހުޅުވުމާއި ގުޅިގެން ސީޕީ ޝުޖާއު "ޕީއެސްއެމް ނިއުސް"އަށް ވިދާޅުވީ މި ސެންޓަރަކީ މާލޭ ސަރަހައްދުން ބޭރުގައި ގާއިމް ކުރެވޭ މިފަދަ ފުރަތަމަ ސެންޓަރު ކަމަށާއި މި ސެންޓަރުގެ ބޭނުމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ދިނުން ކަމަށެވެ.

އަދި މި ސެންޓަރާއެކު އައްޑޫގައި ގާއިމްކުރެވިފައިވާ 300 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާ، މެދުވެރިކޮށް މުޅި އައްޑޫސިޓީ 24 ގަޑިއިރު ބެލެހެއްޓޭނެ އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ މި ކޯޑިނޭޝަން ސެންޓަރުގެ ސަބަބުން ފުލުހުން ރައްޔިތުންނަށް ދޭ ޚިދުމަތް އަވަސްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ ސެންޓަރުތައް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް ގާއިމްކޮށް ފުލުހުން ޚިދުމަތް ލާމަރުކަޒު ކުރުމަކީ އަމާޒެއް ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ