ޕޯސްޓު މެދުވެރިކޮށް އެތެރެކުރި މަސްތުވާތަކެއްޗާއި ހަވާލުވާން ދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލައިގައި ފެނުނު މަސްތުވާތަކެތި ހުރީ ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހެއްގެ ނަމުގައި ފޮނުވާފައިވާ ޕެކޭޖެއްގައި ކަމަށާއި މި ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނަކީ 980 ގްރާމެވެ.
އެ ޕެކޭޖު ބަލާގޮސް ހުއްޓާ ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 40 އަހަރުގެ މީހެކެވެ. އޭނާ 20 ދުވަހަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު އެ އަމުރުން އެނގޭ ގޮތުގައި އޭނާ އަކީވެސް މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮތް މީހެކެވެ.
މީގެ އިތުރުން ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި، މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ އިތުރުން އެ މީހާގެ ކުޑަކަމުދާތަކެތީގެ ރިޕޯޓު ވެސް ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.