Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިމިގްރޭޝަން

އިތުރު ހަތް ބިދޭސީ އަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

10 ތަނެއް ބަލައި ފާސްކޮށް 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަން ހާމަކޮށް އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓާސްކުފޯހުން އިއްޔެ ހަވީރު މާލޭގައި ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެގޮތުން މި އޮޕަރޭޝަނުގައި ކެފޭ/ރެސްޓޯރަންޓު ހިންގާ 10 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީ އަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން އިމިގްރޭޝަނުން ދަނީ ސިލްސިލާ ހަރަކާތްތަކެއް ހިންގަމުންނެވެ. މި ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓު ވެސް ކޮށްފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމެވެ. އަދި ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެތެރޭ ޖުމްލަ ހައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
މި ލިއުމާއި ގުޅޭ