Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ މިނިސްޓަރ ފައިސަލް

ފަތުރުވެރިކަމުގެ ދާއިރާއަށް ޗައިނާއިން ދޭ އެހީތެރިކަމަށް މިނިސްޓަރ ފައިސަލްގެ ޝުކުރު

ޗައިނާއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވެދެއްވާ އެހީތެރިކަމުގެ އަގުވަޒަން ކުރައްވާ ކަމުގައި ފަތުރުވެރިކަމާބެހޭ މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ޗައިނާއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގލީޒިން އަށް ޝުކުރުދަންނަވަމުން ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން އެކި ދާއިރާތަކުން ޗައިނާއާއި ރާއްޖެއާއި ގުޅުން ގަދަހިކުރުމުގައި އެމްބެސެޑަރ އާއި އެކު މަސައްކަތް ކުރުމަސް ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމްބެސެޑަރ އަށް ކުރިއެރުމާއި ކާމިޔާބު އެދޭ ކަމަށްވެސް ފައިސަލްގެ ޕޯސްޓުގައި ބުނެފައިވެއެވެ. ފައިސަލް މިފދައިން ޕޯސްޓް ކުރައްވާފައިވަނީ ޗައިނާާގެ އެމްބެސެޑަރު ކުރެއްވި ޕޯސްޓަކާއި ގުޅުވައިގެންނެވެ.

ޗައިނާ ސަފީރު ވަންގ ލިޒިން ކުރެއްވި ޕޯސްޓުގައި ރާއްޖެ ފަދަރީތި، އެކުވެރި ގައުމެއްގައި ޗައިނާ ސަފީރުގެ ގޮތުގައި ޚިދުމަތް ކުރެއްވުމަށް ލިބިވަޑައިގަތުމަކީ ޝަރަފެއް ކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާގެ ދައުރުގައި ދެއްވި ބޮޑު އެއްބާރުލުމަށާއި ދެ ގައުމުގެ ގުޅުން ތަރައްގީ ކުރުމަށް ރާއްޖެއިން ކުރި މަސައްކަތަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައިވެއެވެ.

އެމްބެސެޑަރ ވަންގލީޒިން ވަނީ ރާއްޖޭގައި 3 އަހަރާއި 3 މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައެވެ. އެމްބެސެޑަރ ފާހަގަކުރެވިފައިވަނީ ދިވެހިން ދެކެ ލޯބިވާ، މީހުންނާއި ގުޅޭ، ހިްތހެޔޮ މިޒާޖެއްގެ މީހެއްގެ ގޮތުގައެވެ. އަދި ސަރުކާރާއި ގާތް ގުޅުންތަކެއް ބާއްވާ ސަފީރެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ.

މި ލިއުމާއި ގުޅޭ