ސަރުކާރު ކުންފުނި ސްޓެލްކޯއިން މާދަމާ ކުޑަކުދިންގެ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
ސްޓެލްކޯއިން ބުނީ ވޭތުވެދިޔަ ހަ މަސްދުވަހު އެ ކުންފުނީގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކޮށް، ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް ފުރިހަމައަށް ނިންމާފައިވާކަމަށެވެ.
މި ކުޑަކުދިންގެ ހަވީރު އޮންނާނީ މާދަމާ ހަވީރު 4:00 އިން އިރު އޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 9:30 އަށް ސްޓެލްކޯ ބިޒްނަސް ސެންޓަރު އިމާރާތުގައެވެ.