Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަރަންސޭސިވިލާތް

އިތުބާރު ނެތްކަމުގެ ވޯޓުން ފުރާންސްގެ ސަރުކާރު ވައްޓާލައިފި

ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓުން ފްރާންސްގެ ސަރުކާރު ވައްޓާލައިފިއެވެ.

ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު މިޝޭލް ބާނިއާގެ ސަރުކާރު ވެއްޓުނީ ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ތިއްބެވި 331 މެމްބަރުން ސަރުކާރާ ދެކޮޅަށް ވޯޓު ދެއްވުމުންނެވެ.

މިއީ 1962 ވަނަ އަހަރުގެ ފަހުން އިތުބާރު ނެތްކަމަށް ފާސްކުރުމުން ފަރަންސޭސިވިލާތުގެ ސަރުކާރެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ވޯޓަށްފަހު ރައީސް އިމަނުއެލް މެކްރޮން ބުރާސްފަތި ދުވަހުގެ ރޭ ގައުމާ މުހާތަބު ކުރައްވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.

ނަން ހާމަނުކުރާ ކުރީގެ ވަޒީރަކާއި ހަވާލާދީ ބްރޯޑްކާސްޓަރު ބީއެފްއެމްޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި މެކްރޮން ބޭނުންފުޅުވަނީ 24 ގަޑިއިރުގެ ތެރޭގައި އާ ބޮޑުވަޒީރަކު އައްޔަން ކުރުމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެކްރޯންގެ އުއްމީދަކީ އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ޕެރިހުގެ ނޯޓްރޭ ޑޭމް ކެތެޑްރަލް އަލުން ހުޅުވުމަށް ކުރައްވާ ދަތުރުފުޅަށް އައު ސަރުކާރެއް އެކުލަވާލުމެވެ. ނަމަވެސް ފަރަންސޭސިވިލާތުގެ ސިޔާސީ މަސްރަހު އޮތް ގޮތުން އޭގެ ކުރިން ސަރުކާރަށް އެކުލަވާލުން ވާނީ ވަރަށް ދަތިކަމަކަށް ކަމުގައި ތަޖުރިބާކާރުން ބުނެއެވެ.

2019 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނު 850 އަހަރުވީ އިމާރާތް އަލުން ހުޅުވަން ތައްޔާރުވެފައި ވަނީ ބޮޑެތި މަރާމާތުތަކަކަށް ފަހު އެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ޓްރަމްޕް އިންތިހާބުވެވަޑައިގަތުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ވޯޓަށް އެހުމުގެ ކުރިން ބޭއްވި ބަހުސް ސެޝަންގައި ބާނިއާ ވިދާޅުވީ މަގާމުން ދުރުކުރުމުގެ ގަރާރުގެ ސަބަބުން ހުރިހާ ކަމެއް އިތުރަށް ސީރިއަސްވެ އުނދަގޫވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމުގެ އިގުތިޞާދު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށާއި ބަޖެޓުގެ ހަގީގަތް "އިތުބާރު ނެތްކަމުގެ މައްސަލައިގެ "ޖާދޫން ނެތިގެން ނުދާނެ" ކަމަށެވެ.

އަދި ފަހުން އަންނަ ކޮންމެ ސަރުކާރަކަށް ވެސް މި ހަގީގަތާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވޯޓަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވާތު ފިޔައިގެ ފްރާންސް އަންބޯޑް (އެލްއެފްއައި) ގެ މެމްބަރު މަތިލްޑޭ ޕަނޯޓް ވިދާޅުވީ ގައުމަށް އޮތީ އެންމެ "ހައްލެއް" ކަމަށާއި މެކްރޮން "ދުރަށް ދިއުމަށް" އެދިވަޑައިގަންނަވާ ކަމަށެވެ.

މެކްރޯންގެ އިސްތިއުފާއަށް ގޮވާލުމުގައި އެލްއެފްއައި ގިނަފަހަރު އިސްނަގާފައި ވެއެވެ. އެހެން ގިނަ ޕާޓީތަކުގެ ތާއީދު އެލްއެފްއައިއަށް މިހާތަނަށް ނުލިބުނު ނަމަވެސް ސަރުކާރު ވެއްޓުމާއިއެކު މެކްރޮންގެ ސިޔާސީ މުސްތަގުބަލާއި މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

ކަނާތު ފިޔައިގެ ނެޝަނަލް ރެލީ (އާރްއެން) ގެ މެމްބަރު މެރިން ލެ ޕެން ބްރޯޑްކާސްޓަރު ޓީއެފް1 އަށް ވިދާޅުވީ މެކްރޮންގެ އިސްތިއުފާއަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.
މެކްރޮން އިސްތިއުފާ ދެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި 2027 ވަނަ އަހަރު ދައުރު ނިމެންދެން މަގާމުގައި ދެމިހުންނަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.
އިޖުތިމާއީ ރައްކާތެރިކަމުގެ ބަޖެޓުގެ ބިލު ފާސްކުރުމަށް ގާނޫނު އަސާސީގެ 49.3 ވަނަ މާއްދާގެ ދަށުން ބާނިއާ ވަނީ ބަހުސް ނުކޮށް ގައުމީ މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފަ އެވެ.
ވާތުފިޔައިގެ ޕާޓީތަކާއި ކަނާތު ފިޔައިގެ ޕާޓީތަކުގެ މެމްބަރުން ވެސް އެކަން ކުށްވެރިކޮށްފައިވާއިރު، ސަރުކާރު ވައްޓާލުމަށް ދެ ފަރާތުން ވެސް ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފަ އެވެ.

މެކްރޮންގެ ސެންޓްރިސްޓް ބްލޮކް ފެއިލްވެ، އީޔޫގެ އިންތިހާބުގައި އާރްއެން އަށް ލިބުނު ކާމިޔާބީއާ ގުޅިގެން ޖޫން މަހުން ފެށިގެން ފަރަންސޭސިވިލާތުގައި ވަނީ ސިޔާސީ ހަމަނުޖެހުންތައް އުފެދިފަ އެވެ.

މެކްރޮން ވަނީ ކަނާތުފިޔައިގެ ޕާޓީގެ ނުފޫޒަށް ފުރުސަތު ނުދިނުމަށް އަވަސް އިންތިހާބެއް ޖޫން މަހު ބާއްވާފައެވެ. ނަމަވެސް، ތިރިގޭގެ ފުރިހަމަ އަޣުލަބިއްޔަތު ހޯދުމަށް ބޭނުންވާ ވަރަށް އެއްވެސް ޕާޓީއަކަށް ގޮނޑި ކާމިޔާބެއް ނުކުރެވުނެވެ.

މި ލިއުމާއި ގުޅޭ