Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

އިޒްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޣައްޒާ އޮތީ ނުކުޅެދުންތެރިކަމުގެ ބަލިމަޑުކަމެއްގައި: އދ

ޣައްޒާގައި ހިނގަމުންދާ އިޒްރާއީލުގެ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން ޣައްޒާ އޮތީ ނުކުޅެދުންތެރިކަމުގެ ބަލިމަޑުކަމެއް ގައި ކަމަށް އދ. ގެ ފަލަސްޠީނު ރެފިއުޖީންގެ އޭޖެންސީ (އަންރުވާ) ގެ އިސްވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެއްޖެއެވެ. ޣައްޒާގައި މިހާރު ވަނީ ދުނިޔޭގެ އެއްވެސް ތަނެއްގައި ނުފެންނަ މިންވަރަކަށް ކުޑަކުދިންގެ އަތްފައި ބުރިކުރެވިފައިކަމަށް އޭނާ ވިދާޅުވިއެވެ.

ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ ކޮންމެ ފަސް އާއިލާއަކުން އެއް އާއިލާއެއްގައި މަދުވެގެން އެއް ނުކުޅެދޭ މީހަކު ހުރިކަމަށާއި، އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބައި އާއިލާތަކުގައި ނުކުޅެދޭ ކުޑަކުއްޖަކު ހުރިކަމަށް ލަޒަރީނީ ވިދާޅުވިއެވެ. އަދި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޓްރޯމެޓިކް އިންޖަރީތަކުގެ ބަލިމަޑުކަމެއް ވެސް އުފެދިފައިވާ ކަމަށާއި، ނަމަވެސް އެކަށީގެންވާ ފަރުވާ ދެވޭނެ ވަސީލަތްތައް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ލަފާކުރާ ގޮތުގައި ހަނގުރާމައިގައި ޒަޚަމްވާ ކޮންމެ ހަތަރު މީހަކުން އެކަކަށް ދިގު މުއްދަތަކަށް ދެމިގެންދާނެ އަނިޔާތަކެއް ލިބޭކަމަށާއި، އެމީހުންނަށް އަތްފައި ބުރިވުމުގެ ނާރުތަކަށް ގެއްލުން ލިބުމުގެ ސަބަބުން ރީހެބިލިޓޭޝަން ޚިދުމަތްތައް ބޭނުންވާނެކަމަށް ލަޒަރީނީ ވިދާޅުވިއެވެ.

އިޒްރާއީލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ފެށި ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 44,500 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 105,000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާކަމަށްވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ދެވަނަ އަހަރު ފެށުމާއެކު، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައް އިތުރުވެފައިވެއެވެ. ޚާއްޞަކޮށް، ބަނޑުހައިހޫނުކަން ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުމާއި އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވުމަކީ މުޅި އާބާދީއެއް ނައްތާލުމަށް ގަސްތުގައި ކުރާ މަސައްކަތްތަކެއްކަމަށް ބުނެ އިޒްރާއީލްގެ އަމަލުތައް އެކި ފަރާތްތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.

މިދިޔަ މަހު، ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ވަނީ އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯވް ގަލަންޓްގެ މައްޗަށް ހައްޔަރު އަމުރު ނެރެފައެވެ. މި އަމުރު ނެރެފައިވަނީ ޣައްޒާގައި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތައް ކޮށްފައި ވާތީއެވެ.

މީގެ އިތުރުން، ޣައްޒާގައި އިޒްރާއީލުން ހިންގާ ޢަމަލުތަކާ ގުޅިގެން ބައިނަލްއަޤްވާމީ ޢަދުލު ކޯޓު (އައިސީޖޭ) ގައި އިޒްރާއީލުގެ މައްޗަށް ގަތުލުއާންމުގެ މައްސަލައެއް ހިނގަމުންދެއެވެ.

މި ލިއުމާއި ގުޅޭ