Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ސްޓެލްކޯ އިން ޑީޕް ޓްރެކަރ އަކާއި ޑްރޯނެއް އެމްއެންޑީއެފް އަށް ހަދިޔާކޮށްފި

ސްޓޭޓް އެލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ޑީޕް ސީ ޓްރެކާރ އަކާއި ޑްރޯނެއް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ހަދިޔާކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ސްޓެލްކޯއިން އެ އިދާރާއަށް ހަދިޔާ ކޮށްފައިވަނީ ކަނޑުއަޑީގެ ސާޗް އެންޑް ރެސްކިޔުގައި ބޭނުންކުރާ ވަސީލަތެއް ކަމުގައިވާ ޑީޕް ޓްރެކަރއަކާއި، އުސްއިމާރާތްތަކުގެ އަލިފާން ނިންވުމުގައި އެހީތެރިވެދޭނެ ފެންޖެހުމަށް ހާއްސަ ޑްރޯނެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މި ތަކެތި އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވަނީ އެކަމަށްޓަކައި ބަންޑާރަކޮށީގައި ކުރިއަށް ގެންދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައިކަމަށެވެ. އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ފަޙުމީ އެމްއެންޑީއެފް އާއި މި ތަކެތި ހަވާލުކޮށްދެއްވާފައިވާއިރު އެމްއެންޑީއެފްގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެ ވަޑައިގެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސްޓެލްކޯގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ