އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ 2 ފުރުސަތު ލިބޭ ލަކީ ޑްރޯ ގެ ނަސީބުވެރިން އިއުލާނުކޮށްފިއެވެ. ދޯހާ މެރެތަން 2025 އޮންނާނީ 17 ޖަނަވަރީ 2025 ގައި ގަތަރުގައެވެ.
މިލަކީޑްރޯއިން ހޮވިފައިވާ ދެފަރާތަކީ މުހައްމަދު އަޒްހަދު އަހުމަދު އަދި ތޯރިގު މުހައްމަދެވެ.
މިލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް 26 އޮކްޓޯބަރއިން ފެށިގެން 26 ނޮވެމްބަރ 2024 ގެ 23:59 އާއި ހަމައަށް ބައިވެރިވުމަށް ހުޅުވާލެވުނެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުން ދޯހާ މެރަތަން އަށޤ ފޮނުވާ މިއީ ދެވަނަ ފަހަރެވެ.
ލަކީ ޑްޜޯއިން ހޮވުނު ފަރާތްތަކަކީ އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން އެއްއަހަރު ދުވަސް ހޭދަކޮށްފައިވާ މީހުންނެވެ. އޭގެ އިތުރުން ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ސިއްހީ ގޮތުން ހުރި އަދި މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވާ މީހުންނެވެ. ލަކީ ޑްޜޯއިން ހޮވުނު ފަރާތްތަކަކީ ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮންނަ އަދި 26 ނޮވެމްބަރ 2024 ގެ 23:59ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވި މީހުންނެވެ.
ދޯހާގެ ހޮޓެލް ޕާކްގައި އޮންނަ ދޯހާ މެރަތަންގައި މިއަހަރު 15000 މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.