Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ

ކުޅިވަރު ކުރިއެރުވުމުގެ ދިގުރާސްތާ ޕްލޭނެއް އެކުލަވާލައިފި

ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމުވުގެ ދިގުރާސްތާ ޕްލޭނެއް އެކުލަވާލައިފި އެވެ.

ކުޅިވަރުގެ ދިގު ރާސްތާ ޕްލޭންގެ ފުރަތަމަ ޑްރާފްޓް މިދިޔަ ފެބްރުއަރީ މަހު ތައްޔާރުކޮށްފައިވެއެވެ. އިއްޔެ ވަނީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދިގުރާސްތާ ޕްލޭން ރަސްމީކޮށް ހުށަހަޅައިދެއްވާފައެވެ. ސްޓެލްކޯގެ ސެމިނާ ހޯލުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގެ ދިގުރާސްތާ ޕްލޭން ހުށަހަޅައިދެއްވީ މި މަސައްކަތްކުރަމުން އަންނަ އެމެރިކާގެ ދެ ތަޖުރިބާކާރުންކަމަށްވާ ސްޓީވް ރޯޝް އާއި މެތިއު ޖޭ ރޮބިންސަން އެވެ.

ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނުގެ ބައިތައް ތަންފީޒުކުރުމަށް މުޅި ރާއްޖެ ވަނީ މައިގަނޑު ތިން ސަރަހައްދަކަށް ބަހާލާފައެވެ. އެއީ ދެކުނާއި، މެދު ރާއްޖެ އަދި އުތުރެވެ. 20 އަހަރުގެ މާސްޓާ ޕްލޭން ތަންފީޒުކުރާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެންނެވެ.

20 އަހަރުގެ މި ޕްލޭނުގެ އެންމެ ބޮޑު އަމާޒަކީ 2030 އަދި 2034 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ޕޯޑިއަމް ފިނިޝިން ނުވަތަ މެޑެއްޔެއް ހޯދުމެވެ. އަދި 2036 ވަނަ އަހަރާއި 2040 ވަނަ އަހަރުގެ އޮލިމްޕިކްސް އިން ދިވެހި އެތުލީޓުން މެޑެލް ހޯދުމެވެ.

"މިއީ ބައިނަލްއަޤްވާމީ އެންމެ މަތީ ފަންތީގައި ރާއްޖެއަށް ވާދަކުރެވޭގޮތަށް ދެމެހެއްޓެނިވި ކާމިޔާބީއެއް ހޯދުމުގެ ބިންގަލަކަށް ވެގެންދާނެ" މިނިސްޓަރ އަބްދުﷲ ރާފިޢު ވިދާޅުވިއެވެ.

ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނުގައި ސްކޫލް މާހައުލުން ފެށިގެން ކޯޗުން ބިނާކުރުމާއި، ބޮޑެތި ގޭމްސްތައް ރާއްޖޭގައި ބޭއްވުމާއި، މޮޅެތި އެތުލީޓުން އުފެއްދުމަށް ކުރާނެ ކަންކަން ވަނީ ހިމަނާފައެވެ.

ކުޅިވަރުގެ މާސްޓަރ ކަލަންޑަރެއް އެކުލަވާލުމާއި، އެސޯސިއޭޝަންތައް ބާރުވެރިކުރުމާއި، ކޯޗުންނާއި ކުޅިވަރުގެ މެނޭޖްމަންޓުގައި ހަރަކާތްތެރިވާ ފަރާތްތައް ތަމްރީނުކުރުމާއި، ސްކޫލުތަކުގެ ކުޅިވަރު ހަރަކާތްތައް މެނޭޖުކުރާނެ އުސޫލުގެ އިތުރުން ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުން ހިމެނެއެވެ.

މި ލިއުމާއި ގުޅޭ