Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ފުލުހުންނާ ގުޅޭ މައްސަލަތަކުގެ ތަފްސީލް މީޑީއާއަށް ހާމަކުރަން ނިންމައިފި

ފުލުހުންނާއި ބެހޭގޮތުން ހުށާހެޅޭ މައްސަލަތަކުގެ ތަހުޤީޤު ހިނގަމުންދާ ގޮތް މީޑިއާ އަށް ހާމަކުރަން ނިންމާފައިވާކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝުޖާ ވިދާޅުވީ ކުރިން ޢަމަލުކުރަމުން އައި އުސޫލުގެ ދަށުން ފުލުހުންނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކުގެ ތަހުޤީޤު ހިނގަމުންދާގޮތް މީޑިއާއަށް ހިއްސާނުކުރާ ކަމަށެވެ. ނަމަވެސް މިހާރު އެއުސޫލު ބަދަލުކޮށް އެފަދަ މައްސަލަތަކުގެ މަޢުލޫމާތު ކުރިއަށް އޮތްތަނުގައި މީޑިއާ އަށް ހިއްސާކުރާނެއެވެ.

ޝުޖާ ވިދާޅުވީ ފުލުހުންނަކީ ނުފޫޒުން ސަލާމަތްވެ، ކުށްތަކުން އެއްކިބާވެފައިވާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި އުސޫލުން ބޭރުން މަސައްކަތް ކުރާ ފުލުހުންނާ މެދު ޤަވާއިދުން ފިޔަވަޅު އަޅަމުން ގެންދާ ކަމަށެވެ.

މިގޮތުން މިއަހަރުގެ މިހާތަނަށް އެކިއެކި މައްސަލަތަކާއި ގުޅިގެން 50 ފުލުހަކަށް ފިޔަވަޅު އަަޅައި، 20 ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާކަން ޝުޖާ ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ