Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ބީއެމްއެލްއަށް 65 އޭޓީއެމް ހޯދަން އިއުލާންކޮށްފި

ބީއެމްއެލްއަށް 65 އޭޓީއެމް ހޯދަން އިއުލާންކޮށްފިއެވެ.

ބޭންކުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ބޭންކަށް އޭޓީއެމް ވިއްކަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަތު ދޭކަމަށެވެ.

އޭޓީއެމް ވިއްކަން ބޭނުންވާ ފަރާތްތަކުން މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ޑިސެމްބަރ މަހުގެ 05 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހު 14:00 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ބޭންކްގެ ހެޑް އޮފީހުގައެވެ.

ބީއެމްއެލް އިން ވަނީ އޭޓީއެމްގައި ހުންނަން ޖެހޭނެ ޝަރުތުތައް ހިމެނޭ ކަރުދާހެއް މިހާރު ވެސް ގެޒެޓް ކޮށްފައެވެ.

ބީއެމްއެލް އިން 65 އޭޓީއެމް ހޯދަން އިއުލާން ކުރިއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ މި ނޮވެމްބަރ މަހުގެ 07 ވަނަ ދުވަހު އިފްތިތާހު ކޮށްދެއްވާފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ރައީސް އިފްތިތާހް ކުރިއިރު މިހާރު ރާއްޖޭގެ 90 ވަނަ ރަށުގައި ބީއެމްއެލްގެ 150 ވަނަ އޭޓީއެމްގެ ހިދުމަތް ވަނީ ފަށާފައެވެ.

ބީއެމްއެލް އިން ނިންމާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާށެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބީއެމްއެލް އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު އިފްތިތާހް ކުރުމުގެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އެ އަމާޒަށް ވާސިލްވެވޭނީ ބީއެމްއެލްގެ މުވައްޒަފުންނާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

ޝަރީފް އެދުވަހު ވިދާޅުވި ގޮތުގައި މިމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 17 ރަށުގައި އޭޓީއެމް ބަހައްޓާނެ އެެވެ. ފުރަތަމަ ފިޔަވަހީގައި ބަހައްޓާ އޭޓީއެމްތައް ރާއްޖެ ގެނެސްފައިވާއިރު ފުރަތަަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމާލެވޭނީ އަންނަ އަހަރުގެ މާޗް 25 ވަނަ ދުވަހު އެވެ.

ޝަރީފް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބަހައްޓަން ކުރާ މަސައްކަތުގައި އަންނަ އަހަރު ޖުމްލަ 100 އޭޓީއެމް ބަހައްޓާނެ ކަމަށެވެ. އޭރުން އަންނަ އަހަރުގެ ނިޔަލަށް މުޅި ރާއްޖޭގައި 250 އަށް ވުރެ ގިނަ އޭޓީއެމް ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ