Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕެރަލިމްޕިކްސް

ޕެރައެތުލީޓުންނަށް ހާއްސަ އިސްކަމެއް ދިނުމަށް ގާނޫނު ބަދަލު ކުރަނީ

ޕެރައެތުލީޓުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ގާނޫނީ ބާރުވެރިކަން ލިބިދޭ ގޮތަށް މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ ގާއިމް ކުރުމަށް ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފްއެވެ.

ކުޅިވަރު ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން މޯލްޑިވްސް ޕެރަލިމްޕިކްގެ ނަމުގައި މިޙާރު އޮތް ޖަމިއްޔާ ވަކި ގާނޫނީ ޝަޚްސެއްގެ ގޮތުގައި ބަދަލުވާނެ ކަމަށެވެ.

މި ކޮމިޓީއަށް ލިބިގެންވާ ގާނޫނީ ހައިސިއްޔަތަށް ބަލާއިރު، އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި އެ ނޫންވެސް މުއާމަލާތްތައް ކުރުމުގެ ހައިސިއްޔަތު ލިބިގެންވާ ދަރަންޏަށް ޒިންމާވުމާއި، އުފުލޭ މުދަލާއި ނުއުފުލޭ މުދާ މިލްކު ކުރުމުގެ އިތުރުން، އެ މުދަލުން ތަސައްރަފް ކުރުމުގެ ހައްގު ލިބިގެންވާ، މެންބަރުންނާއި ވަކިން އުފެދިފައިވާ ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޚްސެއް ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ކޮމިޓީ އިފެއްދުމުގެ މަގްސަދަކީ ބައިނަލްއަގްވާމީ ޕެރަލިމްޕިކް ކޮމިޓީގެ ހޭންޑްބުކްއާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ޕެރަލިމްޕިކްގެ ހަރަކާތްތައް ތަރައްގީކޮށް، ހަރުދަނާކޮށް ފުޅާކޮށް ހިންގުމާއެކު އެ ހަރަކާތްތައް އުވިގެން ދިޔަ ނުދީ ދެމެހެއްޓުމެވެ.

މި ކޮމިޓީގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ޕެރަލިމްޕިކްސްގެ އަސާސްތައް ރާއްޖޭގައި ތަރައްގީކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ރާއްޖެއިން ބައިވެރިވާ ކުޅިވަރު މުބާރާތްތަކަށް ގައުމީ ޓީމުތައް ފޮނުވާނެ ގޮތް ކަނޑައަޅައި އެ މުބާރާތްތަކަށް ޓީމުތައް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖެއްސުން ވެސް ގާނޫނުގައި ވަނީ ހިމަނާފައެވެ.

އަދި ކޮމިޓީގެ މުސްތަގިއްލުކަން އަބަދުވެސް ދެމެހެއްޓުމަށާއި އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީގެ ހޭންޑްބުކްއާ ޚިލާފުވެދާނެ އެއްވެސް ބާވަތެއްގެ ނުފޫޒެއް ކޮމިޓީގެ މައްޗަށް އެއްވެސް ބަޔަކަށް ފޯރުވުމުގެ ފުރުސަތު ނުދިނުމާއި އެ ބާވަތުގެ އެންމެހައި ފިއްތުން ތަކުން ނުވަތަ ގޮންޖެހުންތަކުން އެއްކިބާވެ ފިޔަވަޅު އެޅުންވެސް ހިމެނެއެވެ.

ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ އޮލިމްޕިކް ކޮމިޓީ އާއި ޕެރަލިމްޕިކް ކޮމިޓީ ދައުރު ފުޅާކޮށް އިތުރު ބާރުތައް އެ ދެ އިދާރާ އަށް ލިބިދޭ ގޮތަށެވެ.

މީގެއިތުރުން، މި ގާނޫނަށް ހުށަހަޅާފައިވާ އިތުރު އިސްލާހުތަކަށް ބަލާއިރު، ކުޅިވަރު އެސޯސިއޭޝަންތަކުގެ މާލީ ކަންކަން ކުރިއަށް ގެންދިއުމުގައި އަމަލުކުރަން މަޖުބޫރުވާ ހާއްސަ ގަވާއިދުތަކެއް ހަދަން ލާޒިމުވާ ގޮތަށް ވެސް ވަނީ އިސްލާހެއް ހުށަހަޅާފައެވެ.

އެގޮތުން، ސްޕޯޓްސް ކޮމިޝަނާގެ ލަފަޔާ އެކު ހަދާ އެ ގަވާއިދު އެކުލަވާލުމަކީ އެސޯސިއޭޝަންތަކުގެ ރަޖިސްޓްރީ ކުރުމަށާއި، އެސޯސިއޭޝަންތައް ހިންގާނެ އަސާސީ އުސޫލުތަކުގެ ގަވާއިދެއް ހެދުމަށް ވެސް މި އިސްލާހުގެ ދަށުން ލާޒިމް ވާނެއެވެ.

ޑޮޕިން އިދާރާ އާއި ނެޝަނަލް އިންސްޓްޓިޔުޓްގެ ދައުރު ފުޅާ ކުރުމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ކުޅިވަރު ފަންޑު މެނޭޖްކޮށް ބެލެހެއްޓުމާ ގުޅޭ އިސްލާހުތައް ވެސް ގާނޫނަށް އަލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ލިއުމާއި ގުޅޭ