Tuesday 25th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ލިތުއޭނިއާ

ޑީއެޗްއެލް މަތިންދާބޯޓެއް ވެއްޓި އެކަކު މަރުވެއްޖެ

ލިތުއޭނިއާގެ ވިލްނިއުސް އެއާޕޯޓާ ކައިރީގައި ހުރި ދެ ބުރި އިމާރާތަކަށް ޑީއެޗްއެލްގެ ކާގޯ މަތިންދާބޯޓެއް ވެއްޓި، މުވައްޒަފަކު މަރުވެ އަދި ދެ މުވައްޒަފަކަށް އަނިޔާވެއްޖެއެވެ.

އެ ޤައުމުގެ އޮތޯރިޓީތަކާއި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރ އެލްއާރްޓީން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަތިހު 5:31 ގައެވެ. މަތިންދާބޯޓު ވެއްޓުމާއެކު ބޮޑު އަލިފާންގަނޑެއް ރޯވިއެވެ. ކުއްލި ނުރައްކަލުގެ ޚިދުމަތްތައް އަވަހަށް ސަރަޙައްދަށް އައިސް އަލިފާން ނިއްވާލިއެވެ.

އިމާރާތުގައި ދިރިއުޅުނު މީހުންނަށް އެއްވެސް ގެއްލުމެއް ނުވާކަމަށާއި، ޕައިލެޓަށްވެސް އެއްވެސް އަނިޔާއެއް ނުވާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް މަތިންދާބޯޓުގައި ތިބި އެހެން ތިން މުވައްޒަފުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

ލިތުއޭނިއާގެ ސަލާމަތީ ޚިދުމަތްތަކުގެ އިސްއޮފިޝަލަކު އެލްއާރްޓީއަށް ބުނެފައިވަނީ ދެ މީހަކު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި، ކަމަށާއި، އެކަކު ވަނީ މަރުވެފައިކަމަށެވެ.

މި ހާދިސާ ހިނގި ސަބަބު ބެލުމަށް އޮތޯރިޓީތަކުން ތަޙުޤީޤެއް ފަށާފައިވެއެވެ. މިއީ ޑީއެޗްއެލްއަށް މިއަހަރު ދިމާވެފައިވާ އިތުރު ކަންބޮޑުވުމެއް ކަމުގައި ފާހަގަކުރެވެއެވެ.

މި އަހަރުގެ ޖުލައި މަހު، ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުގައި ހުރި ޑީއެޗްއެލްގެ ލޮޖިސްޓިކްސް ހަބްތަކުގައި ހުރި ގޮވާ އެއްޗެހިތަކެއް ފެނުމާ ގުޅިގެން ބައިނަލްއަޤްވާމީ ތަޙުޤީޤުތަކެއް ކުރިއަށް ގެންދެވުނެވެ.

މި ލިއުމާއި ގުޅޭ