މާލޭގެ އަމީނީމަގުގައި ހުންނަ ފުރުގާން މިސްކިތައް ރޭ ފަތިހު ގެއްލުންތަކެއް ދީފި އެވެ.
މީޑިޔާތަކަށް ފޮނުވި މެސެޖްގައި ފުލުހުން ބުނީ ފުރުގާން މިސްކިތައް ގެއްލުންދީފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންކަމަށެވެ.
މީސްމީޑިޔާގައި ދައުރުވަމުން އަންނަ ވީޑިޔޯއިން ފެންނަ ގޮތުގައި އެ މިސްކިތުގެ އިމާމު ނަމާދު ކުރާ ސަރަހައްދުގައި ހުރި ބައެއް ކަރަންޓު ބޯޑުތަކާއި ވުޟޫ ކުރާ ސަރަހައްދުގައި ހުރި އިސްކުރުތަކަށް ގެއްލުންދީފައި ހުރިކަން ފެނެއެވެ.
ނަމަވެސް މީގެ ކުރިން މިސްކިތައް އޭނާ ގެއްލުންދިން މައްސަލަތައް ފުލުހުންނަށް ހުށަހެޅިކަން ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ.
މިމައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން އަދި ނުބުނެއެވެ.