Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ތިން އަހަރުން މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން ނުވަ ގުނައަށް އިތުރުވާނެ: ޝިޔާމު

މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު މަސް ޕްރޮސެސްކުރުމުގެ ގާބިލްކަން ކުރިއަށް އޮތް ތިން އަހަރުތެރޭގައި ނުވަ ގުނައަށް އިތުރުކުރެވޭނެކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝިޔާމު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ ރާއްޖޭގައި މަސް ޕްރޮސެސްކުރުމުގެ ގާބިލުކަން އިތުރުކޮށް 35 ޓަނުން 300 ޓަނަށް އިތުރުވެގެންދާނެ ކަމަށެވެ.

މީގެއިތުރުން މަސްވެރިންނަށް ފަސޭހައިން މަސް ކިރޭނެ އިންތިޒާމްތައް ހަމަޖެއްސުމަށާއި އައިސް ހޯދުމުގައި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކަށްވެސް ހައްލު ހޯދާދިނުމަށްވެސް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"11 އައިސްޕްލާންޓެއް ގާއިމްކުރުމުގެ މަސައްކަތްވަނީ ފެށިފައި، މިއަހަރު ތިން އައިސްޕްލާންޓެއްގެ އަމަލީ މަސައްކަތް ފެށޭނެ، އިތުރު ފަސް އައިސްޕްލާންޓު ސައުދީ ފަންޑުން، އަދި ތިން އައިސްޕްލާންޓު ބަޖެޓުގައި ހިމެނިގެން ކުރިއަށްދާނެ،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މަސްވެރިންނަށް ޒަމާނީ ވަސީލަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމުތައްވެސް ހަމަޖެއްސުމަށް ސަރުކާރުން އިސްކަންދޭކަމަށެވެ.

އެގޮތުން ލޮނު ފެނުން މަސް ފިނިކުރާ ނިޒާމުތައް މަސް ދޯނިތަކުގައި ގާއިމްކުރުމުގެ މަސައްކަތަށް ޚާއްސަ ލޯނެއް ދޫކުރުމަށް ހުޅުވާލާފައިވާކަމަށާއި މިފެސިލީޓީގެ ދަށުން 35 ފަރާތަށްވުރެ ގިނަ ފަރާތަށް މިއަހަރު ލޯނު ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ