Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތަޢުލީމީ ވުޒާރާ

ޓީޗަރުންގެ ގާބިލުކަން އިތުރުކުރަން ސެންޓަރުތަކެއް ގާއިމްކުރަނީ

ޓީޗަރުންގެ ގާބިލުކަން އިތުރު ކުރަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސެންޓަރުތަކެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ތައުލީމީ ދާއިރާގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޑރ. ޝަފީއު ވިދާޅުވީ އެ މިނިސްޓްރީން އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ޓީޗަރުންގެ ފަންނީ ގާބިލުކަން އިތުރު ކުރުން ހިމެނޭ ކަމަށާއި އެކަމަށް ހާއްސަކޮށް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެޑިއުކޭޝަން ސެންޓާ ފޯ އެކްސެލެންސްގެ ނަމުގައި ސެންޓަރުތަކެއް އަޅަން ނިންމާފައިވާކަމަށެވެ.

މި ސެންޓަރުތަކުގެ ސަބަބުން ޓީޗަރުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް، ޕްރިންސިޕަލުންނަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ އިތުރުން ސްކޫލު އިވެލުއޭޝަންގެ މަސައްކަތް ހަރުދަނާވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ދަރިވަރުންގެ ތައުލީމީ ރެކޯޑު ބަލަހައްޓާ ސިސްޓަމް، މީމިސްގެ ބަދަލުގައި އާ ސިސްޓަމެއް ތައާރަފްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށެވެ.

އެ ސިސްޓަމް މެދުވެރިކޮށް، މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތާއި ދަރިވަރުންގެ ރެކޯޑުތައް މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓޭނެކަމަށާއި ޓީޗަރުންގެ މައުލޫމާތު ވެސް އެ ސިސްޓަމްގައި ހިމަނާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ނުވަތަ އެހެން ބޭނުންތަކަށް އިދާރާއަކަށް މައުލޫމާތު ހިއްސާ ކުރެވޭ ގޮތަށް ފަރުމާކުރާ އާ ސިސްޓަމުން ގޮތް ނިންމާނީ ހެކި ހޯދައިގެން ކަމަށް ވެސް މިނިސްޓަރު ޑރ. ޝަފީއު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ