Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ

މަސްވެރިކަމާ ބެހޭ މާސްޓާރ ޕްލޭނެއް އެކުލަވާލަނީ!

މަސްވެރިކަމާއި ކަނޑުގެ ވަސީލަތާއި ބެހޭ 25 އަހަރުގެ މާސްޓާރ ޕްލޭނެއް އެކުލަވައިލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތާއި ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާއިން ބުނީ ރާއްޖޭގެ ތަރައްގީއަށް ކުރެވޭ ކަންކަމަކީ ރޭވިފައިވާ ޕްލޭނެއްގެ ދަށުން ކުރާ ކަންތައްތަކަށް ހެދުމަށްޓަކައި ގާނޫނަކުން ބާރުލިބޭ ގައުމީ ތަރައްގީގެ 20 އަހަެރުގެ ޕްލޭނެއް އެކުލަވާލެވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ސިންދަފާތުކޮށް ކުިރިއެރުވުމަށް ކުރާ ކަންތައްތަކަކީވެސް ދުރާލާ ރޭވި، ކުރެހިފައިވާ އިސްތިރާޖީ ޕްލޭނެއްގެ ދަށުން ކުރިޔަށްގެންދާ ކަންތައްތަކަށް ހެދުމަށްޓަކައި އެ ވުޒާރާއިން 25 އަހަރުގެ މަސްވެރިކަމާއި ކަނޑުތަކުގެ މާސްޓާރ ޕްލޭނެއް އެކުލަވާލުމަށް ނިންމާފައިވާކަމަށް ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެ ވުޒާރާއިން އިތުރަށް ބުނީ މި މާސްޓާރ ޕްލޭން އެކުލަވާލުމަށް ބޭނުންވާ ފައިސާ ވޯރލްޑް ބޭންކުގެ އެހީގައި ހަމަޖެހިފައިވާކަމާށެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތާއި ބެހޭ 25 އަހަރުގެ މާސްޓާރ ޕްލޭނެއް ހަދަން އެ ވުޒާރާއިން ނިންމާފައިވާއިރު ގައުމީ ތަރައްގީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ފައްޓަވާފައެވެ.

މި ލިއުމާއި ގުޅޭ