Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިލާތުގެ އިއްތިޙާދު

"އަންރުވާ" ހުއްޓުވުމާލުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއް: އީޔޫ

ޣައްޒާގައި ފަލަސްޠީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އޭޖެންސީ (ޔޫއެންއާރްޑަބްލިޔޫއޭ) ނުވަތަ "އަންރުވާ" ގެ މަސައްކަތް ހުއްޓުވުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް އީޔޫގެ ބޭރު ސިޔާސަތުގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.

އަންރުވާގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ ފާޅުކުރި ކަންބޮޑުވުންތަކާ އެއްގޮތަށް، އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ފޮރ ފޮރިން އެފެއާޒް ޖޯސެފް ބޮރެލް ވިދާޅުވީ އެ އޭޖެންސީ ހުއްޓާލުމުން އެތައް މިލިއަން މީހުންނަށް މުހިންމު އެހީތެރިކަން ލިބުމަށް ހުރަސްއެޅޭނެ ކަމަށެވެ. އެހެންކަމުން އަންރުވާ ރައްކާތެރިކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށް އޭނާ އިތުރުކުރެއްވިއެވެ.

އޮކްޓޯބަރު 28 ވަނަ ދުވަހު، އިޒްރާއީލުގެ ޕާލަމެންޓުން ވަނީ ފަލަސްޠީނުގެ އޮކިއުޕައިޑް ސަރަޙައްދުތަކުގައި އަންރުވާގެ ޙަރަކާތްތައް މަނާކުރުމަށް ނިންމާފައެވެ. މިގޮތަށް ފާސްކުރީ އަންރުވާގެ މުވައްޒަފުން ޙަމާސްގެ ހަމަލާގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފައެވެ.

ނަމަވެސް އަންރުވާއިން މި ތުހުމަތުތައް ދޮގުކޮށް، އެ އޭޖެންސީގެ މަސައްކަތަކީ ހަމައެކަނި ރެފިއުޖީންނަށް އެހީތެރިވުން ކަމަށް ބުނެފައިވެއެވެ. އަދި އެހެން އެއްވެސް ޖަމްޢިއްޔާއަކަށް އެ އޭޖެންސީގެ ދައުރު އަދާނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ފަލަސްޠީނުގެ ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި، މިހާތަނަށް ޣައްޒާގައި 43,700 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 103,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ޣައްޒާގައި ހިންގާ މަރުގެ ހަނގުރާމައާ ގުޅިގެން އިޒްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުގައި ވަނީ ނަސްލު ފޮހެލުމުގެ މައްސަލައެއް ހުށަހަޅާފައެވެ.

މި ލިއުމާއި ގުޅޭ