Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީޗް ވޮލީ

ބީޗް ވޮލީ ލީގާއި ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި

މި ހިނގާ 2024 ވަނަ އަހަރުގެ ޤައުމީ ބީޗް ވޮލީބޯޅަ ލީގާއި ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލެ ރެޑްބުލް ބީޗް ވޮލީ ބޯޅަ ކޯޓުގައި ބާއްވާ މި މުބާރާތުގެ މެޗްތައް ކުޅޭނީ އަންހެން ޑިވިޒަނަށެވެ.

ރާއްޖޭގައި ބީޗް ވޮލީ ކުޅޭ އެންމެހާ ފަރާތްތަކަށް ހުޅުވާލި މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. އަދި ޓީމް ލިސްޓް ހުށަހަޅަންޖެހޭ ސުންގަޑިއަކީވެސް މިއީއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި ޓީމް ލިސްޓް ހުށަހަޅަން ޖެހޭނީ އެ އެސޯސިއޭޝަނުގެ މެއިލް އެޑްރެސް [email protected] އަށެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ބުނީ މި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޒަން ވަކިން ތިން ވަނަ ޓީމާއި ރަނާސްއަޕް ޓީމް އަދި ޗެމްޕިއަން ޓީމް ހޮވާނެކަމަށެވެ.

މި ލިއުމާއި ގުޅޭ