Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރިޒާގެ ކުންފުނިން އިންސާނީ ވަގުފާރި ކުރި މައްސަލަ ފުލުހުން ބަލަނީ

ރައްޔިތުންގެ މަޖިލިހުގެ ށ.މިލަންދޫ ދާއިރާގެ އެމްދީޕީ މެމްބަރު އަލީ ރިޒާގެ ކޮންސްޓްރަކްޝަން ކުންފުނިކަމަށްވާ ރިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތު ކުރެވޭ އިންސާނީ ވަގުފާރީ (ހިއުމަން ޓްރެފިކިން) ގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، ފުލުހުން ތަހުގީގު ކުރަމުން ދަނީ ބ.ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރިޒް ކުންފުނީގެ މައްޗަށް ބިދޭސީންނަށް މަޖުބޫރުކޮށް، ނާޖާއިޒު ފައިދާ ހޯދުމުގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާގޮތަށް އަމަލުކުރި މައްސަލަ ކަމަށެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަން ޖެހޭ ފީތައް ނުދައްކާ އެ މަސައްކަތްތެރިންގެ ހައްޤުތައް ނިގުޅައިގެންފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިގޮތުން ރިސޯޓު ތަރައްޤީ ކުރުމަށް ކުރަންޖެހޭ މަސައްކަތަކާއި އެ ކުންފުނިން ހަވާލުވުމަށްފަހު މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ޤަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި، މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އެ ބިދޭސީ މީހުން ރާއްޖޭގެ ރަށްތަކުން ހޯދައި، ބިދޭސީންނާއި ހަވާލުވެ އެ ކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ޤާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތި ކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރައާއި އުޖޫރަ ނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރުވާފައިވާކަމަށް ވެސް އެ ކުންފުނީގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ.
ފުލުހުންގެ ހިއުމަން ޓްރެފިކިން ޑިޕާޓްމެންޓުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މި މައްސަލަ މިހާރު ބަލަމުންނެވެ.
މި ލިއުމާއި ގުޅޭ