Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެފްއޭއެމް

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް އައްޔަނުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް އަހްމަދު ސިއްދީގު އައްޔަންކޮށްފިއެވެ.

ނާހިލް މީގެ ކުރިން ހުންނެވީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމުގައެވެ.

އެފްއޭއެމްގެ މަސައްކަތަށް ރަސްމީކޮށް ނާހިލް ނުކުންނާނީ އަންނަ ހަފުތާގައެވެ.

ނާހިލް ވަނީ މީގެ ކުރިންވެސް އެފްއޭއެމްގައި މަސައްކަތްކޮށްފައެވެ. އެގޮތުން އެ އެސޯސިއޭޝަނުގެ ރަސްމީ ވަޒީފާ އަށް ޖެނުއަރީ 2022 ގައި ވަނުމުގެ ކުރިން އޭނާ ވަނީ އިންޓާންޝިޕް މަރުހަލާއެއްގައި އެ އެސޯސިއޭޝަނުގައިމަސައްކަތްކޮށްފައެވެ.

އެފްއޭއެމްގައި ނާހިލް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ކޮމްޕްޓީޝަން އޮފިސަރުގެ މަގާމުގައެވެ. ކޮމްޕްޓީޝަން އޮފިސަރުގެ މަގާމުން، އެފްއޭއެމްގައި މަސައްކަތް ކުރަން ފެށި ނާހިލް އެ ތަނުގެ ވަޒީފާއިން ފެބްރުއަރީ މަހު ވަކިވި އިރު އޭނާ ހުރީ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ އެކްޓިން ހެޑްގެ މަގާމުގަ އެވެ.

ނާހިލް ވަނީ ވެސްޓް އޮފް އިންގްލެންޑް ޔުނިވަސިޓީގެ ބިޒްނަސް މެނޭޖްމެންޓް އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޑިގްރީ ވެސް ހާސިލުކުރައްވާފައެވެ. އޭނާ ވަނީ އޭއެފްސީން ބޭއްވި ފުޓްބޯޅަ މެނޭޖްމެންޓްގެ ސެޓްފިކެޓް ލެވަލްގެ ޕްރޮގްރާމެއް ވެސް ފުރިހަމަކޮށްފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓަރީގެ މަގާމު އެންމެ ފަހުން އަދާކުރީ މުހައްމަދު ޖައުޝަން ޝަރީފެވެ. ނަމަވެސް ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވި ފަހުން މަގާމުން އިސްތިއުފާ ދޭން ޖައުޝަން ވަނީ ހުށަހަޅުއްވާފައެވެ.

މި ލިއުމާއި ގުޅޭ