Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރު ކޮރެއާ

އުތުރު ކޮރެއާއިން ޖީޕީއެސް ސިގްނަލްތައް ޖޭމްކޮށް ދަތުރުފަތުރުގެ ނިޒާމަށް ބުރޫ އަރުވާލައިފި

އުތުރު ކޮރެއާއިން ޖީޕީއެސް ސިގްނަލްތަށް ޖޭމްކޮށް، ބައިނަލް އަގުވާމީ ދަތުުރުފަތުރުގެ ނިޒާމަށް ބުރޫއަރުވާލައިފިއެވެ.

މިކަމާ ގުޅިގެން ދެކުނު ކޮރެއާއިން ބުނީ އެގައުމުގެ އެތައް އުޅަނދުތަކަކާއި މަދަނީ މަތިންދާބޯޓުތަކަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ހުކުރު އަދި ހޮނިހިރު ދުވަހު ވެސް ސިގްނަލްތައް ޖޭމް ކުރިކަމަށް ތުހުމަތު ކޮށްފައިވާއިރު، މިކަން ހިނގާފައި މިވަނީ، އުތުރު ކޮރެއާއިން އެންމެ ފަހުގެ ހަރުދަނާ އަދި ބާރުގަދަ ސޮލިޑް-ފިއުލް އައިސީބީއެމް މިސައިލެއް ކަމަށް ބުނެ އައު މިސައިލެއް ތަޖުރިބާކުރި ތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

މި މިސައިލް ތަޖްރިބާއަކީ އުތުރު ކޮރެއާއިން ރަޝިއާއަށް، ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސިފައިން ފޮނުވި ކަމަށް ތުހުމަތުކުރެވުނު ފަހުން ފުރަތަމަ ފަހަރަށް ކުރި މިފަދަ ތަޖުރިބާއެކެވެ.

"އުތުރު ކޮރެއާއިން އިއްޔެ އަދި މިއަދު ހެޖޫ އަދި ކެސޮންގ ސަރަޙައްދުގައި ޖީޕީއެސް ޖޭމިންގ ޕްރޮވޮކޭޝަންތަކެއް ހިންގައިފި، މީގެ ސަބަބުން އެތައް އުޅަނދުތަކަކާއި ގިނަ އަދަދެއްގެ މަދަނީ މަތިންދާބޯޓުތަކަށް ޢަމަލީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވޭ." ދެކުނު ކޮރެއާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޔެލޯ ސީގައި ދަތުރުކުރާ އުޅަނދުފަހަރާއި މަތިންދާބޯޓުތަކުން މިފަދަ ކަންކަމަށް ސަމާލުވުމަށް ސިފައިން އިންޒާރުދީފައިވެއެވެ.

"އަޅުގަނޑުމެން އުތުރު ކޮރެއާއަށް ވަރަށް ބޮޑަށް އިލްތިމާސްކުރަން ވަގުތުން ޖީޕީއެސް ޕްރޮވޮކޭޝަންތައް ހުއްޓާލުމަށް. އަދި މީގެ ސަބަބުން ދިމާވާ ކޮންމެ މައްސަލައަކަށް އުތުރު ކޮރެއާ ޒިންމާ ނަގަންޖެހޭނެކަން އިންޒާރުދެމެވެ،" ބަޔާނުގައި ބުނެފައިވެއެވެ.

ދެ ކޮރެއާގެ ގުޅުން މިހާރު ވަނީ ވަރަށްބޮޑަށް ހީނަރުވެފައެވެ. އުތުރު ކޮރެއާއިން ވަނީ އދ. ގެ ޤަރާރުތަކާ ޚިލާފަށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލްތަކެއް ޓެސްޓްކޮށްފައެވެ.

މީގެ އިތުރުން، މޭ މަހުން ފެށިގެން އުތުރު ކޮރެއާއިން ދަނީ ކުނި އަޅާފައިވާ ބެލޫނުތަކެއް ދެކުނު ކޮރެއާއަށް ފޮނުވަމުންނެވެ. މިއީ އެކްޓިވިސްޓުން އުތުރު ކޮރެއާއަށް ފޮނުވާ ޕްޔޮންގްޔަންގްއާ ދެކޮޅު ޕްރޮޕެގަންޑާ މެސެޖުތަކަށް ދޭ ޖަވާބެއް ކަމަށް އުތުރު ކޮރެއާއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން، ދެކުނު ކޮރެއާގެ ބޯޑަރ ގާޑުން ވަނީ ޔެލޯ ސީގައި ދަތުރުކުރާ އުޅަނދުފަހަރަށް އިތުރު ސަމާލުކަމެއް ދިނުމަށް އިރުޝާދު ދީފައެވެ. އަދި މަދަނީ ވައިގެ ދަތުރުފަތުރުގެ އިދާރާތަކުން ވެސް ވަނީ މަތިންދާބޯޓުތަކަށް އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ކަންތައްތައް ކުށްވެރިކޮށްފައިވާއިރު، އދ. ގެ ސަލާމަތީ ކައުންސިލުން ވަނީ އުތުރު ކޮރެއާގެ މި ޢަމަލުތަކާ ގުޅޭގޮތުން ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާފައެވެ.

މި ހާދިސާއާ ގުޅިގެން، ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލް ވަނީ ޤައުމީ ސަލާމަތީ ކައުންސިލުގެ ބައްދަލުވުމެއް ބާއްވައި، އުތުރު ކޮރެއާގެ މި ޢަމަލުތަކަށް ހަރުކަށި ޖަވާބެއް ދިނުމަށް އަމުރުކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ